ދިވެހިރާއްޖެ
އިޢުލާން
1438ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ
02 ރަމަޟާން 1438 ވާ އާދީއްތަ ދުވަހުން ފެށިގެން 26 ރަމަޟާން 1438 (27 މެއި 2017 ން 21 ޖޫން 2017) ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕްރޭޝަންއާއި، ވިލިމާލެއާއި، އަޔަދީތަކަފުލް، އައްޑޫސިޓީ ކައުންސިލްއާއި، ރަށްރަށުގެ ރަށުކައުންސިލްގެ އިދާރާތަކުން ،ބަންދުނޫން ކޮންމެދުވަހެއްގެ 10:30 ން 13:00 އަށް ފިޠުރުޒަކާތް ބަލައިގަންނަމުން ދާނެއެވެ. ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރުއްވާނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތްތަކުންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ. މާލޭ ސިޓީގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ:
އާދައިގެ ހަނޑުލުންނަމަ މީހަކަށް -/16 ރ (ސޯޅަ ރުފިޔާ)
ތައިލެންޑު ހަނޑުލުންނަމަ މީހަކަށް -/55 ރ (ފަންސާސް ފަސް ރުފިޔާ)
ބާސްމަތީ ހަނޑުލުންނަމަ މީހަކަށް -/80 ރ (އަށްޑިހަ ރުފިޔާ)
ކައުންސިލްތަކުގެ އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެރަށަކުން ގަންނަން ލިބޭ އަގަކުންނެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފިޠުރުޒަކާތް ބަލަގަންނާނީ ބަންދުނޫން ކޮންމެދުވަހެއްގެ 10:30 ން 13:00 އަށެވެ. އަދި މި މިނިސްޓްރީން ފިޠުރުޒަކާތް ބަލައިގަންނަ އެންމެ ފަހުތާރީޚަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
29 ޝައުބާން 1438
25 މޭ 2017