ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-H3(PU)/IUL/2017/76
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2017
ޕަބްލިޝްކުރި ގަޑި: 08:41
ސުންގަޑި: 31 މޭ 2017 12:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދޫނިދޫ ކަސްޓޯޑިއަލްގެ ސެކިއުރިޓީކަންތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެ ތަނުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ސީސީޓީވީ ކެމެރާ ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ގަތުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސަރވިސްގެ ދޫނިދޫ ކަސްޓޯޑިއަލްގެ ސެކިއުރިޓީގެ ކަންތައްތައް މިހާރަށްވުރެން ހަރުދަނާ ކުރުމުގެ ގޮތުން އެ ތަނުގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމުގެ ގޮތުން ތިރީގައި މި ދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއެވެ. ވީމާ، މިއަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

Qty

Item Details

#

30

Bullet Out door camera

1

170

5MP Network Dome Camera (Vandal proof)

2

02

NVR (128 Channel)

3

56

WD Purple Surveillance Hard

4

09

POE Switch 48 Port

5

5

Graphic Card 2 GB

6

2

POE Switch 8 Port

7

 

2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 މެއި  28 ވާ އާދީއްތަ ދުވަހުން ފެށިގެން 2017 މެއި 31 ވާ ބުދަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 11:00 އިން 12:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 400/-ރ ( ހަތަރު ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ޖޫން 1 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 މެއި 31 ވާ ބުދަ ދުވަހުގެ 16:00  ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން

ހުޅުވުން އޮންނާނީ 2017 ޖޫން 07 ވާ ބުދަ ދުވަހުގެ 13:00 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓްގައެވެ.

4. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

5. ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް  ޕްރީބިޑް ބައްދަލުވުމާއި  ބިޑް ހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

25 މޭ 2017