ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420/420/2017/16
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2017
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 25 މޭ 2017 13:30
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިއްތައް ވަގުތީގޮތުން ބަލަހައްޓާނެ މަސައްކަތު މުއައްޒަފެއް ހޯދުމަށް

އިޢުލާން

      ގދ. ރަތަފަންދޫ  މިސްކިތްތައް ވަގުތީގޮތުން ބަލަހައްޓާނެ މަސައްކަތު މީހުން ބޭނުންވެއްޖެ.

 

މަޤާމް:                މަސައްކަތު

 

މަސައްކަތްކުރާ ތަން:       ގދ. ރަތަފަންދޫ މިސްކިތްތައް

ބޭނުންވާ އަދަދު:          01

މުއްދަތު:               01  އަހަރު  

 ކޮންޓްރެކްޓް ކުރެވޭ މުސާރަ:   މަސައްކަތްކުރާ ގަޑިއަކަށް 22.29 ރުފިޔާ 

 މަސައްކަތު ކުރަންޖެހޭ ގަޑި:   ދުވާލަކު 6 ގަޑިއިރު (ކޮންމެ ނަމާދަކަށް 30 މިނިޓް، 3.30 މިނިޓް މިސްކިތުގެ ގޯތިތެރެ ސާފުކުރުމަށް)

 

ޝަރުތު:             ލިޔަން ކިޔަންދަތުމާއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުން

 

މަޤާމުގެ މަސްއޫލިއްޔަތު

1-      ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓްކުރިން ނާއި ނަމާދުގެ ފަހުން މިސްކިތަށްގޮސް މިސްކިތާއި ވަޅުދޮށް ސާފުކުރުން

2-      އިދާރާއިން  އިންތިޒާމްކުރާ ގޮތެއްގެމަތިން މިސްކިތު ފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތި ތެރެއާއި މިސްކިތާއި އިންގެވެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން (މީގެތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތައް ނުހިމެނެއެވެ.

3-      މިސްކިތުގެ ވަޅުދިޔަ ހިއްކާ ސާފުކުރުން

4-      އިމާމް/މުދިމު އަންގާގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާ ސާފުކުރުން. އަދި ހޮޅިބުރިތަކާ ފަންކާތައް އިދާރާއިން ހަމަޖައްސާ އުޞޫލަކުން ދިއްލުމާއި ނިންވުން.

5-      މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން މުދިމު/އިމާމު އަށާއި އިދާރާއަށް އަންގަމުން ގެންދިއުން.

6-      އިދާރާއިންނާއި  އިމާމް/މުދިމު ހަމަޖައްސަވާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން

7-     މީގެ އިތުރުންވެސް މިސްކިތާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

 

 

 ހުށަހަޅަންޖެހޭ ލިޔުންތައް

 

1-          ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

2-          އައިޑެންޓިޓީ ކާޑުގެ ކޮޕީ އަދި ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު

3-          ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ )

4-        ސްކޫލްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ

5-          ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެގޭނެ ރަސްމީ ލިޔުމެއް

 

 މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މިކައުންސިލް އިދާރާގެ ނަންބަރު: 6840016 އާ ގުޅުއްވުން އެދެމެވެ.

 

ތަކެތި ހުށަހެޅުމުގެ ސުންގަޑި:    25 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން.

މަޤާމަށް އެދި ސިޓީ ފޮނުވަންވީ ތަން: ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް

 

09 މޭ 2017