ނީލަން
ނަންބަރު: MWSC-A/7/ADV/2017/049
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2017
ޕަބްލިޝްކުރި ގަޑި: 08:22
ސުންގަޑި: 28 މޭ 2017 00:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބ. ތުޅާދޫގައި ރެއިންވޯޓާރ ހާރވެސްޓިންގް ނިޒާމް ޤާއިމް ކޮށްދޭނެެ ފަރާތެއް ހޯދުން

 

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް

ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

ފޯން: 3323209 ، ފެކްސް: 3324306

 

MWSC-A/7/ADV/2017/049

 

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

      ބ. ތުޅާދޫގައި ރެއިންވޯޓާރ ހާރވެސްޓިންގް ނިޒާމް ޤާއިމް ކޮށްދޭނެެ ފަރާތެއް ހޯދުން

 

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން ބ. ތުޅާދޫގައި ރެއިންވޯޓާރ ހާރވެސްޓިންގް ނިޒާމް ޤާއިމް ކޮށްދޭނެެ ފަރާތެއް  ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 24 މެއި 2017 އިން 28 މެއި 2017 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 29 މެއި 2017 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.                                

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 31 މެއި 2017 ވާ ދުވަހު 11:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 06 ޖޫން 2017 ވާ ދުވަހު 11:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ % 10 ބިޑް އެވޯރޑްކުރެވޭތާ14ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

23 މެއި 2017

 

 

 

 

24 މޭ 2017