ދިވެހިރާއްޖެ
އިޢުލާން ނަންބަރ: (IUL)MCIF/1/2017/07)
ޝަރީޢާ އެޑްވައިޒަރުން ހޮވުމަށް ކުރާ އިޢުލާނު
މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓަޑްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެމެވެ. މިކަމާއި ބެހޭ އިތުރު މަޢުލޫމާތު މި ކުންފުނީގެ ވެބްސައިޓްގައި (http://mcif.mv/category/notices/) ޝާއިޢުކުރެވިފައިވާނެއެވެ.
ވީމާ، މި ކޮމިޓީއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖޫން 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ސިޓީއާއި ވަނަވަރު މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓަޑަށް (މ.ސަކައިމޫ،ތިންވަނަ ފަންގިފިލާ) ހުށަހެޅުމަށް އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 3008300/7382434 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
ކުންފުނީގެ އެޑްރެސް:
މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް
މ. ސަކައިމޫ (މޫކާއި ސުއިޓްސް)، ތިންވަނަ ފަންގިފިލާ، ހަވީރީ ހިނގުން
މާލެ، ދިވެހިރާއްޖެ
27 ޝަޢުބާން 1438
23 މެއި 2017