ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)258/2017/40
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2017
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި: 05 ޖޫން 2017 13:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓަށް ބޭނުންވާ ވެހިކަލް ގަތުމާއި ބެހޭ

 

ވޭސްޓްމެނޭޖްމަންޓަށް ބޭނުންވާ ވެހިކަލް ގަތުމާއިބެހޭ.

 

            ހަނިމާދޫ ކައުންސިލުގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަނުގައި ބޭނުންކުރުމަށްޓަކައި 4 ޓަނާއި 6 ޓަނާއި ދެމެދުގެ މުޅިންއައު ޑަންޕްލޮރީއެއް  މި ކައުންސިލަށް ވިއްކުމަށާއި ގެނެސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިދަންނަވާ މަޢުލޫމާތުތަށް ސާފުވާގޮތައް ހުށަހެޅުއްވުން އެދެމެވެ.

  • ލޮރީގެ ސައިޒް (އުފުލޭ ބަރުދަން)
  • ލޮރީގެ ބާވަތް( ވައްތަރު)
  • ލޮރީގެ އަގު:
  • ލޮރީ ރަށަށް ގެނެސްދިނުމުގެ އަގު:
  • ލޮރީ ރަށަށް ގެނެސްދެވޭނެ މުއްދަތު:

މި ލޮރީ ގަތުމުގައި އިސްކަންދިނުމަށް ބަލާނީ ލޮރީގެ އަގަށާއި ގެނެސްދެވޭނެ މުއްދަތަށެވެ. ސުންގަޑި 2017 ޖޫން 05 ވަނަ ދުވަހުގެ 13:00 އަށް ލޮރީއާއި ގުޅޭ ލިޔުންތަކާއި އެކު ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.

            މިކަމަށް އެދި ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ:2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ:2014/19 ) ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބު ހުންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރާގައެވެ. ސިޓީ އުރައިގެ ބޭރުގައި '' ޑަންޕް ލޮރީ ވިއްކުމަށް'' މިހެން ލިޔެފައި އޮންނަން ވާނެއެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

           

 

 

23 މޭ 2017