މަޤާމު: މަސައްކަތު (ދާއިމީ)
|
ބޭނުންވާ ޢަދަދު: 01
|
ރޭންކް: އެސްއެސް 1
|
މުސާރަ: 3100.00 ރުފިޔާ.
|
އެލަވަންސް: 1000.00 ރުފިޔާ
|
ވަޒީފާގެ ގިންތި: ދާއިމީ
|
މަޤާމް ނަންބަރު: J-222110
|
ކްލެސިފިކޭޝަން: މަސައްކަތު /ސަޕޯޓް ސްޓާފް
|
މަޤާމް އޮތް އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާ
|
ސެކްޝަން: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސާވިސް
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާ / ރ. އަނގޮޅިތީމް
|
އިތުރު އިނާޔަތްތައް:
- ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދްމަތް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ ޝަރުޠުޠައް:
- އަސާސި ފެންވަރަށް ލިޔަންކިޔަށް އެނގުން
- ޞިއްޙަތު ސަލާމަތުން ހުރި މީހެއްކަމުގައިވުން އަދި ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެ ޤަބިލްކަން ހުރިކަން ސާބިތުކޮށްދިނުން.
- އުމުރުން 55 އަހަރު ވެފައި ނުވުން
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ކައުންސިލް އިދާރާގެ އެތެރެއާއި ބޭރު ސާފުކުރުން
- ދިދަ އެރުވުމާއި ދިދަ ބޭލުން
- ކައުންސިލުން އަންގާ އެހެނިހެން، ހުނަރު ބޭނުންނުވާ ޒާތުގެ މަސައްކަތް ކުރުން
- ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ބަގީޗާ ހެއްދުމާއި ގަސްކޮށާ ރީތި ކުރުން
- ކައުންސިލުން އެހެން ފަރާތްތަކަށް ރައްދުކުރުމަށް އެދޭ ތަކެތި ރައްދު ކޮށްދިނުން
- ކައުންސިލް އިދާރާ އެތެރޭގެ ސައި / ކޮފީ ކަންކަން ބެލެހެއްޓުން
- ކައުންސިލުން އަންގާ އެހެނިހެން މަސައްކަތް ކުރުން
|
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:
- ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ތިރީގައި އެވާ ކަންކަމަށް އިސްކަން ދެވޭނެއެވެ.
- ލިބިފައިވާ ތަޢްލީމާއި ތަމްރީން
- މަސައްކަތުގެ ތަޖްރިބާ
- މަސައްކަތުގެ ހުނަރާއި ޤަބިލްކަން ސާބިތު ކޮށްދިނުން (އިންޓަވިއު)
|
ހުށައަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސާވިސްގެ ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމް ކައުންސިލުންނާއި ދިވެހި ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ)
- ވަޒީފާއެއްގައި އުޅޭނަމަ އެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން (އަދި އެ ވަޒީފާއަކުން ވީއްލުމާމެދު އިޢްތިރާޟް ނުކުރާ ކަމުގެ ލިޔުން)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދި ހުށައަޅާ ފަރާތުގެ ވަނަވަރު .( މި ވަނަވަރަކީ ސިވިލްސާވިސް ކޮމިޝަންގައި ވަނަވަރުގެ ނަމޫނާގެ ގޮތުގައި ލިބެން ހުރި ވަނަވަރާއި އެއްގޮތަށް ތައްޔާރު ކުރެވިފައިވާ ވަނަވަރަކަށް ވާންޖެހޭނެ / އަދި ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑރެސް ހިމަނަންވާނެ)
- ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީ ( ވަޒީފާއަށް އެދި ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރާކަން ނުޖެހޭނެ)
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢްލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަޓީ ތަޢްލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުޖރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢްލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަވރިވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދޭ ފޯމް މި ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ރ. އަނގޮޅިތީމް ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 04 ޖޫން 2017 އާއި 22 ޖޫން 2017 އާއި ދެމެދު، މި ކައުންސިލް އިދާރާގައި (ރ. އަނގޮޅިތީމްގައި) އެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާޓްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
- މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ
|
މ މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ
ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
- ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %50 މާކްސް ލިބެން ވާނެއެވެ.
|
އިތުރު މަޢްލޫމާތު ހޯދުން
މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580071 ނަންބަރު ފޯނާއެވެ. އަދ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
26 ޝައުބާން 1438
22 މެއި 2017
|