ތަމްރީނު
ނަންބަރު: (IUL)160-A/1/2017/42
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2017
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 15 މޭ 2017 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށޭ ކޯސްތަކަށް އިޢުލާން ކުރުމަށް

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ގޮފިތަކުގައި 2017 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:        1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:               8 ހަފްތާ

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު:        1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 1 ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:               1   ސެމިސްޓަރ

ޤިރާއަތު ސެޓްފިކެޓް 3

ޝަރުޠު:        1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 2 ހަދާ ފާސްވެފައިވުން.

             2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:        2 ސެމިސްޓަރ

ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް

ޝަރުޠު:        1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 3 ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:       2 ސެމިސްޓަރ

        ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2017 މެއި 23 ވާ އަންގާރަ ދުވަހުން ފެށިގެން މި މަރުކަޒުގެ ގޮފިތަކުން ދޫކުރަމުން ގެންދާނެއެވެ. އަދި މި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 13.30ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު ހުށަހެޅުން އެދެމެވެ. މަތީގައިވާ ކޯސްތައް، މަރުކަޒުގެ ގޮފިތަކުގައި ހިންގޭނީ މަރުކަޒުން ހުއްދަ ދީފައިވާ ގޮތުގެ މަތިންނެވެ. 

22 މޭ 2017