ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2017/011
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2017
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 29 މޭ 2017 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އެގްޒެކަޓިވް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ޖޫނިއަރ އެގްޒެކަޓިވް

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސޭލްސް އެންޑް މާރކެޓިންގ /ހެޑް އޮފީސް، މާލެ

އަސާސީ މުސާރަ:

5950.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

ސެޓްފިކެޓް އެލަވަންސް: އަސާސީ މުސާރައިގެ  %20

ފުޑް އެލަވަންސް: ދުވާލަަކަށް 60.00 ރުފިޔާ

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ސޭލްސް ޑިޕާރޓްމަންޓްން އެކްސްޕޯޓް ކުރެވޭ މަސްދަޅުގެ ޑޮކިއުމަންޓޭޝަން ތައްޔާރުކުރުމާއި، ޝިޕްމަންޓްގެ ޕްލޭނިންގ ލޮޖިސްޓިކްސް އަދި ކޮމިއުނިކޭޝަން ކުރިއަށް ގެންދިއުމާއި، ސޭލްސް ޑިޕާރޓްމަންޓުން ރާވާހިންގާ އިވެންޓްތަކުގައި އެހީތެރިވެދިނުން.

ޝަރުޠު:

ސޭލްސް އެންޑް މާރކެޓިންގ ނުވަތަ ކޮމިއުނިކޭޝަންސް / ޕަބްލިކް ރިލޭޝަންސް ނުވަތަ އިވެންޓް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަގަޅަށް މުޢާމަލާތް ކުރަންއެގުން. މައިކްރޯސޮފްޓް ޕެކޭޖް ބޭނުންކުރަން އެގުން. ޝިޕިންގ އަދި ޕްރޮޑަކްޝަން ފަދަ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހެއްކަމުގައިވުން. އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭ އެހެން މުޥައްޒަފުންނާއި ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

 

 

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.     

 

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 މެއި 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ(އަސްލާއެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 247 އަށް ގުޅުއްވުން އެދެމެވެ.

 

26 ޝަޢުބާން 1438

                     22  މެއި   2017  

22 މޭ 2017