ދިވެހިރާއްޖެ
ނަމްބަރ : MGPL-I/PD/2017/06
އިޢުލާން
09 މެއި 2017 ގައި ކުރި އިޢުލާން ( އިޢުލާން ނަންބަރ MGPL-I/PD/2017/05 ) ބާތިލުކޮށް އަލުން މިސައްކަތް ކުރާނޭފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މިކުންފުނީގެ ފަރާތުން ގ.ދ ތިނަދޫ ގައި ބަނުމަށް ހަމަޖެހިފައިވާ 1500 މެޓަރިކް ޓަންގެ ގޭސް ރައްކާ ކުރާ ސްފިއާރ އަދި ގޭސް ބޮޓްލިންގ ޕްލާންޓް އެއް ބިޑްކުރާ އުސޫލުން ކުރިއަށް ގެންދިއުމަށް ނިންމައި މި ޕްރޮޖެކްޓްއަށް ކުރިމަތިލާން ހުޅުވާލަމެވެ. މި ބިޑްއަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިދާއިރާއާއި ސީދާ ގުޅުންހުރި މިކަމުގަ ތަޖުރިބާ ލިބިފައިވާ މިކަމަށް ޙާއްސަ ކުންފުނިތަކާ އަދި ސަޕްލަޔަރުންނެވެ. ތާރޑް ޕާޓީ އެއްވެސް ރެޕްރެސެންޓޭޝަން ނުވަތަ ކޮންސޯޓިއަމްއެއް ބައިވެރިނުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 މެއި 2017 ވާ ހޯމަ ދުވަހުގެ 13:30 އަށް މިކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 05 ޖޫން 2017 ވާ ހޯމަ ދުވަހުގެ 13:30 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614