ދިވެހިރާއްޖެ
މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ހަލާކުވެފައިވާ ކާރަކާއި، ( ކާރުގެ ރަޖިސްޓްރީ ނަންބަރު: CB1A/G3292 މޮޑެލް: PROTON-C97 ) ޔަންމާ ޖަނަރޭޓަރެއް ( ޖަނަރޭޓަރ މޮޑެލް ނަންބަރު: 4TN100E-GBI /YANMAR ) ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ނިންމާފައެވެ.
ވީމާ މިތަކެތި ނީލަމުން ނެންގެވުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 މެއި 2017 ވަނަ ދުވަހުން ފެށިގެން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް އަގު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.
ނީލަމަށް ހުށަހެޅޭ އެންމެ މަތީ އަގުތައް ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.
ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި 48 ގަޑިއިރު ވަންދެން އެއް އަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމާ ލެވޭނެއެވެ. އަދި މިނީލަން ކުރިއަށްދާނީ 12 ޖޫން 2017 ވާ ހޯމަދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މި ކާރާއި، ޖަނަރޭޓަރާ ބެހޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިކައުންސިލް އިދާރާގެ ފޯން 6580027 ގުޅުއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެވެ.
ބާވަތް |
ހާލަތު |
ފެށޭއަގު |
އިތުރު ކުރެވޭ އަގު |
1- ކާރު ( CB1A/G3292 PROTON-C97 ) |
ހަލާކުވެފައި |
5000.00 |
1000.00 |
1- ޖަނަރޭޓަރ ( 4TN100E-GBI YANMAR ) |
ހަލާކުވެފައި |
15000.00 |
1000.00 |
25 ޝަޢުބާން 1437
21 މެއި 2017