މަސައްކަތް
ނަންބަރު: (IUL)418-AS/418/2017/29
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2017
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 31 މޭ 2017 13:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާ ސަހަރާ އިންފާރު ރޭނުމުގެ ޕްރޮޖެކްޓް

އިޢުލާން

އަންދާސީ ހިސާބު ހޯދުން:

ގދ. ނަޑެއްލާ ސަހަރާ އިންފާރު ރޭނުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރައިގެ ނަންބަރު: (IUL)418-AS/418/2017/21 (10 އޭޕްރިލް 2017) އިޢުލާނާއި ގުޅިގެން ތައްޔާރުކުރެވުނު ބީ.އޯ.ކިޔު އާއި ކުރެހުންތަކަށް ބައެއް ބަދަލުތައް އައުމާއި ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށްޓަކާ އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު  ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން ތިރީގައިއެވާ ގަޑިތަކުގައި މި އިދާރާގައާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށްޓަކާ ގަޑިޔަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "ގދ. ނަޑެއްލާ ސަހަރާ އިންފާރު ރޭނުމުގެ ޕްރޮޖެކްޓް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

  • މަޢުލޫމާތު ސާފުކޮށްދިނުން:      25 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ   13:00ގައި  
  • އަންދާސީ ހިސާބު ބަލައިގަތުން:     31 މެއި 2017 ވާ ބުދަ ދުވަހުގެ   13:00ގައި

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

25 ޝަޢުބާން 1438

21 މެއި 2017

21 މޭ 2017