ދިވެހިރާއްޖެ
(IUL)GS-02/GS-02/2017/21
އިޢުލާން
| 
 ވަޒީފާގެ ފުރުޞަތު - އޮފީސް އެސިސްޓެންޓް  | 
|
މަޤާމް: | 
އޮފީސް އެސިސްޓެންޓް | 
މަޤާމުގެ ނަންބަރ: | 
J-129570 | 
| 
 ބޭނުންވާ އަދަދު:  | 
 1 ( އެކެއް )  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 އެސް.އެސް 2  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ސަޕޯޓް ސްޓާފް ގްރޭޑް 2  | 
| 
 ސެކްޝަން  | 
 އިދާރީ  | 
| 
 މަޤާމް އޮތް އޮފީސް  | 
 ހދ. އަތޮޅު ތަޢުލީމީ މަރުކަޒު  | 
| 
 ވަޒީފާއަދާކުރަންޖެހޭ ތަނާއިރަށް  | 
 ހދ. އަތޮޅު ތަޢުލީމީ މަރުކަޒު / ހދ. ކުޅުދުއްފުށި  | 
| 
 މުސާރަ:  | 
 -/3470 ރުފިޔާ  | 
| 
 ސަރވިސް އެލެވަންސް:  | 
 -/1000 ރުފިޔާ  | 
| 
 އިތުރު ޢިނާޔަތްތައް:  | 
 ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔާތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތް) ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ލިބޭނެއެވެ. އަދި، ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.  | 
| 
 ޝަރުތު:  | 
|
| 
 1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3- ލިޔަންކިޔަން ދަތުމާއިއެކު، މަގާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައި ވުން.  | 
|
| 
 މަޤާމާއި މަސްއޫލިއްޔަތު  | 
 - އެކިއެކި ފަރާތްތަކާ ހަވާލުކުރަންޖެހޭ ލިޔުންތަކާއި ތަކެތި ހަވާލުކުރުން. - ސްޓޮކަށް ބޭނުންވާ ތަކެތި ގެނެސް، ސްޓޮކް ބަލަހައްޓާ މުވައްޒަފާ ހަވާލުކުރުން. - ފައިނޭންސް ސެކްޝަނުން ނަގަންޖެހޭ ފައިސާ ނެގުމުގައި އެހީތެރިވެދިނުން. - މަރާމާތުކުރަންޖެހޭ މެޝިނަރީތައް ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ގެނައުން. - އޮފީހުގެ ވެރިން އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުމާއި، މިނޫންވެސް އޮފީހުން ރާވާ ހިންގާ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ، އެކަންތައްތައް ކުރުން.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
  | 
| 
 އިންޓަވިއުކުރުން: މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ އިޢުލާންގެ ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 2 ހަފްތާގެ ތެރޭގައި ދެމެދު ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މިވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރު ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.  | 
|
| 
 ހުށައަޅަންޖެހޭ ލިޔުންތައް: 
 )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  | 
|
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: ސުންގަޑި: ވަޒީފާއަށް އެދޭ ފޯމް ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 މެއި 30 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 
  | 
|
| 
 ޝޯޓް ލިސްޓްކުރުން މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން 25 އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުން: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 6528817 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.  | 
|
22 ޝައުބާން 1438 ހ
18 މެއި 2017 މ