މަސައްކަތް
ނަންބަރު: (IUL)196-C/1/2017/28
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2017
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 24 މޭ 2017 11:30
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އައްޑޫ ގޮފި ހިންގަމުންގެންދާ ޢިމާރާތް މަރާމާތު ކުރުން

  ނަންބަރު: IUL)196-C/1/2017/28)

އިޢުލާން

 

މިއޮފީހުގެ އައްޑޫ ގޮފި ހިންގަމުންގެންދާ ޢިމާރާތް މަރާމާތު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިއޮފީހުގެ ނަންބަރު: IUL)196-C/1/2017/26) އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރީމެވެ.

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2017 މޭ 24 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް މިއޮފީހުގެ އައްޑޫ ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މޭ 31 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް އަންދާސީ ހިސާބު، މިއޮފީހުގެ އައްޑޫ ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

 

މިއޮފީހުގެ އައްޑޫ ގޮފި ހިނގަމުންދަނީ ރީތިފެހިގެ (އެޅެދީދީމަގު/ އައްޑޫ ސިޓީ ހިތަދޫ) ޢިމާރާތުގެ ތެރޭގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް މިއޮފީހުގެ ނަންބަރު 6888745 / 3003291 ގުޅުވުންއެދެމެވެ.

21 ޝަޢުބާން 1438

17 މޭ 2017