ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)219-MS/01/2017/06
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2017
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 30 މޭ 2017 14:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

                 

މިކައުންސިލުގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު އަދި ރޭންކު:

ލީގަލް އެސިސްޓެންޓް  CS7-4 

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް އެސޯސިއޭޓް ޕްރޮފެޝަނަލްސް

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުސާރަ:

-/9220 ރުފިޔާ

ސަރވިސް އެލަވަންސް:

-/2400 ރުފިޔާ

ސްޕެޝަނަލް ޑިއުޓީ އެލަވަންސް:

-/3227 ރުފިޔާ

އިތުރު ގަޑި:

އިތުރު ގަޑީގައި މަސައްކަތްކުރާ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މީޑިއާ ސަރވިސް

ތަޢުލީމާއި ތަޖުރިބާ:

 

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  2. ލީގަލް ދާއިރާގެ އޮނިގަނޑުގެ، ސީއެސް 7-3 ގްރޭޑްގައި މަދުވެގެން 2 އަހަރު     މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2       އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:  

  1. މޯލްޑިވްސް މީޑިއާ ކައުންސިލުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް އެކުލަވާލަންޖެހޭ ޑްރާފްޓްތައް އެކުލަވާލުމުގެ މަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

  2. ޤާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުމާއި ތަރުޖަމާކުރުމާއި އަދި މިފަދަ       ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ބޭނުންވާ އިޖުރާއި ކަންތައް         ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.

  3. ޤާނޫނާއި ގަވާއިދުގެ ދަށުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން       ކުރަން ޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

  4. ޤާނޫނާއި ގަވާއިދުގެ ދަށުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް     ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކުރުމުގައި އެހީތެރިކަން ފޯރުކޮށް         ދިނުން.

  5. ކައުންސިލުގެ ފަރާތުން ކުރަންޖެހޭ ދަޢުވާކުރުމާއި، ދަޢުވާ ބަލައިގަތުމާ        ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި އެހީތެރިކަން        ފޯރުކޮށް ދިނުން.

  6. ޤާނޫނީ ލަފާ ބޭނުންވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެހީތެރިކަން         ފޯރުކޮށް ދިނުން.

  7. ލީގަލް ކައުންސެލްގެ ބެލުމުގެދަށުން ކައުންސިލުގެ ފަރާތުން އެހެން ފަރާތްތަކާ     ޤާނޫނީގޮތުން ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.

  8. ކައުންސިލަށް ބޭނުން ވެއްޖެ ޙާލަތެއްގައި ޤާނޫނީ ލަފާ ފޯރުކޮށް ދިނުން.

  9. ކައުންސިލުން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުން.

  10. ޤާނޫނީ ގޮތުން ކައުންސިލުގައި ކުރަންޖެހޭ އިދާރީ ކަންތައްތަކާއި، ހިންގުމާއި     ބެހޭ ކަންތައްތައް ކުރުން.

  11. ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން           މަސްއޫލިއްޔަތުތައް އަދާކުރުން. ކައުންސިލުގެ އަދި ސެކްޝަނުގެ           މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް     ކުރުން.

  12. ކައުންސިލު މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ        މަސައްކަތްތައް ކުރުން.

  13. ލީގަލް އެންޑް ރެޖިސްޓްރޭޝަން ޔުނިޓުގެ އިދާރީ މަސައްކަތް ކުރުން.

  14. މީޑިއާ ކައުންސިލުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެތެރެއިން          އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެފުރިހަމަގޮތުގައި          އެހީތެރިކަން ފޯރުކޮށްދިނުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބެލޭނެ މައިގަނޑު ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން
  • އިމްތިހާން 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ފޯމް ފޮނުވަންވީ ތާރީޚާއި ތަން:

30 މެއި 2017 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2017 ޖޫން 11އިން15 އާ ދެމެދު މިކައުންސިލުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަވިއުއަށް އަދި އިމްތިހާނަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭފޯމް މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މިކައުންސިލުގެ ފޯން ނަންބަރު: 3003886 އާއި ގުޅުއްވުން އެދެމެވެ.

17 މޭ 2017