ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ބ.ކުޑަރިކިލުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ވޮލީ ކޯޓް ގާއިމް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
- ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 14:00 އަށް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް ގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 22 މެއި 2017 ވާ (ހޯމަ) ދުވަހުގެ 10:30 ގައި ބ.ކުޑަރިކިލު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 30 މެއި 2017 ވާ (އަންގާރަ) ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.
ހ. "މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި ވޮލީކޯޓެއް ގާއިމްކުރުމުގެ މަސައްކަތް"
ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު
ރ. ބީލަމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލު ނުކުރެވޭނެއެވެ.
- · މާކްސް ދެވޭނެ ގޮތްތައް:
އަގަށް: |
%70 |
(އެންމެ ކުޑައަގު ހުށަހަޅާ ފާރާތަށް އެންމެ ގިނަ ޕޮއިންޓް) |
މުއްދަތަށް: |
%20 |
(އެންމެ ކުރުމުއްދަތު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަޕޮއިންޓް) |
ޤާބިލްކަމަށް: |
މިފަދަ މަސައްކަތްތައް ވޭތުވެދިޔަތަނުގައި އެކަށީގެންވާގޮތުގައި ކޮށްފައިވާ ފަރާތްތަކަށް އެންމެ ގިނަ މާކްސް |
|
މަސައްކަތުގެ ފެންވަރަށް |
ފެންވަރަށް ބަލާނީ މިކައުންސިލުން އެކުލަވާލާފައިވާ އިވެލުއޭޝަން ކޮމިޓީންނެވެ. މިހާތަނަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ، އެމަސައްކަތުގެ ތަފްޞީލް ހުށަހެޅުމުން ބަލައި މާކްސް ދެވޭނެވެ |