މަސައްކަތް
ނަންބަރު: (IUL)416-ESMSPR/416/2017/37
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2017
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 23 މޭ 2017 10:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ!

އިޢުލާން

މިއިދާރާގެ ނަންބަރ: (IUL)416-ESMSPR/416/2017/30 (04 މެއި 2017) އިޢުލާނަށް 3 ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅައިފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 1438 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތަރާވީޙް ނަމާދުކުރަން ގެނެވޭ ޙާފިޟުގެ ހުރުމާއި، ނިދުމާއި، ކެއުމާއި އަދި ދޮވެ އިސްތިރިކުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިގޮތުންޙާފިޟަށް ދޭންޖެހޭ ޚިދުމަތް ތަކަކީ :

 ޙާފިޒުގެ ރޯދަވީއްލުމާއި، މެދުދަމާއި އަދި ހާރުކެއުން ތައްޔާރުކޮށް ކާންދިނުން.

  1. ޙާފިޟަކީ ބިދޭސީއެއްކަމުން އެބޭފުޅާގެ ކެއުން ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ރޯދަ ވީއްލުމާއި، މެދުދަމާއި އަދި ހާރުކެއުން ތައްޔާރު ކުރުމުގައި އެބޭފުޅާގެ ޚިޔާލު ހޯއްދަވައިގެން ކެއުން ތައްޔާރު ކުރުން.
  2. ޙާފިޟު ހުންނަވާ ކޮޓަރި ސާފުތާހިރުކޮށް ބެލެހެއްޓުން.
  3. ޙާފިޒުގެ އަންނައުނާއި، ނިދާ އެނދުގެ ބެޑްޝީޓާއި، ބާލީހުގެ އުރަފަދަ ތަކެތި މަދުވެގެން ހަފުތާއަކު އެއްފަހު ދޮވެ އިސްތިރި ކުރުން. އަދި ނިދާ އެނދުގެ ބެޑްޝީޓާއި، ބާލީހުގެ އުރަފަދަ ތަކެތި މަދުވެގެން ހަފުތާއަކު އެއްފަހު ބަދަލުކުރުން.
  4. ޙާފިޒުގެ ކޮޓަރިތެރޭގައި އަބަދުވެސް މިނަރަލް ވޯޓަރ ފެން ފުޅިއެއް ބަހައްޓައި، ކޮޓަރިތެރެ މަދިރިން ސަލާމަތް ކުރެވޭނެގޮތް ހެދުން.
  5. ކޮޓަރިތެރޭގައި ހެދުންބަހައްޓާ ހަރުގަޑެއް ނުވަތަ އަލަމާރީއަކާއި ހެދުން އަޅުވާނެ ކޮޑު ބެހެއްޓުން.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 މެއި 2017 (އަންގާރަ) ދުވަހުގެ ހެނދުނު 10:30 އަށް ގދ. މަޑަވެލި ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދި، ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

 

16 މޭ 2017