ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ ނަންބަރ: (IUL)416-ESMSPR/416/2017/29 (04 މެއި 2017) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅައިފައިނުވާތީ، އެއިޢުލނާ ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ގދ. މަޑަވެލީގައި ފުލުހުން ތިބޭނެ ގެއެއް (ޢިމާރާތެއް) މިކައުންސިލުން ކުއްޔަށް ހިފަން ބޭނުންވެއެވެ. އަދި، ތިރީގައިވާ ކަންތައް ފުރިހަމަވެފައިވާ ގެއެއް (ޢިމާރާތެއް) ނަމަ، އެފަދަ ތަންތަނަށް އިސްކަންދެވޭނެއެވެ.
1. 03 ކޮޓަރި، 01 ބަދިގެ، 01 ސިޓިންގ ރޫމް 02 ނުވަތަ 03 ފާޚާނާ އާއި ފަރުނީޗަރާއި އެކު،
2. ސިޓިންގ ރޫމް އަދި ކޮޓަރިތައް ހުންނަންވާނީ އެއަރ ކަންޑިޝަން ކުރެވިފައި،
3. ގޭގެ ހުރިހާ ކޮޓަރިތަކާއި ބަދިގެ، ސިޓިންގރޫމް ހުންނަންވާނީ ތަޅަމުގައި މުށިޖެހި، ސީލިންގ ކުރެވި އަދި ކުލަލެވިފައި،
4. ވަށާފާރު ރޭނި ފުލުހުންގެ ކުލަ ލެވި ދޮރޯށި ހަރުކޮށް ތަޅުލެވޭގޮތަށް،
5. ގެއަކީ ފުލުހުންފިޔަވައި އިތުރުމީހުން ދިރިއުޅޭ ގެއަކަށް ނުވުން.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުއްޔަށް ދޫކުރާ ގެއެއް ނުވަތަ ޢިމާރާތެއްގައި ހިމެނޭ މަތީގައި ބަޔާން ކުރެވުނު ކަންތައްތަކާއި އަގު އެގޭގޮތަށް 22 މެއި 2017 (ހޯމަ) ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުންއެދި، ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.