ނީލަން
ނަންބަރު: 116-D4/IL/2017/21
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2017
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 21 މޭ 2017 00:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

މިކުންފުނީގެ ކާރގޯ ސެކްޝަންގެ ބެލުމުގެ ދަށުގައި ހުންނަ، ވައިގެ މަގުން ރާއްޖެ އެތެރެ ކުރާ މުދާތަކުގެ ތެރެއިން ގިނަ ދުވަސްވެ ނުގެންގޮސްފައިވާ މުދާ ކުރިއެކޭވެސް އެއްގޮތަށް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ހުންނަ މިކުންފުނީގެ ކާރގޯ ސެކްޝަނަށް ދުރުވެ ނަންނޯޓް ކުރުން ހަމަޖެހިފައިވަނީ 17 އަދި 18 މެއި 2017 ވާ ބުދަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން މެންދުރު 15:30 އަށެވެ. އަދި ނީލަން ކިޔުމުގައި ބައިވެރިވެލައްވަން ދުރުވާ ފަރާތްތަކުން އައި.ޑީ ކާޑް ކޮޕީއެއް ހިފައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.

 

ނީލަން ކިޔުން އޮންނާނީ 22 މެއި 2017 ވާ ހޯމަ ދުވަހުގެ 10:30އިން ފެށިގެންނެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް 16 މެއި 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00އިން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ހުންނަ މިކުންފުނީގެ ކާރގޯ ޑިޕާރޓްމަންޓްގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް މިތަކެތި ދައްކާލުން އޮންނާނީ 22 މެއި 2017 ވާ ހޯމަ ދުވަހު ހެނދުނު 08:00އިން މެންދުރު 10:00އަށެވެ.

 

މުދާ ނެންގެވި ފަރާތުން، ނީލަމުގައި މުދާ ނިމުނު އަގު އެމް.އޭ.ސީ.އެލް އަށް ދެއްކުމަށްފަހު، 3 ދުވަސް ތެރޭގައި މުދާ ކްލިއަރ ކުރަން ވާނެއެވެ. 3 ދުވަސް ވުމަށްފަހު ފައިސާ ދައްކާފަ ނުގެންގޮސް ހުންނަ މުދާ ޑެމަރޭޖް ޗާޖް އާއި އެކު ކްލިއަރ ކުރުމަށް އިތުރު 4 ދުވަސް ދެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ މުދާ ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ނައްތާލެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދެންނެވީމެވެ.

16 މޭ 2017