ޢާންމު މަޢުލޫމާތު
ނަންބަރު: 116-K1 /IL/2017/23
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2017
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 21 މޭ 2017 10:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެޕަރޓްމަންޓް ކުއްޔަށް ހިފުމާއި ބެހޭ

 

                                                   ނަމްބަރު: 116-K1/IL/2017/23

އިޢުލާނު

މުވައްޒިފުން ބޭތިއްބުމަށް އިމާރާތް ކުއްޔައް ހިފުމާއި ބެހޭ

 

މިކުންފުނީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށްޓަކައި 3 ކޮޓަރީގެ 2 އެޕަރޓްމަންޓާއި 2 ކޮޓަރީގެ 3 އެޕަރޓްމަންޓް ކުއްޔަށް ހިފުމަށް ކުރެވުނު ނަމްބަރ 20116-KI / IL / 2017 /  ( 11 މެއި 2017 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލް ކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، 3 ކޮޓަރީގެ 2 އެޕަރޓްމަންޓް ނުވަތަ 2 ކޮޓަރީގެ 3 އެޕަރޓްމަންޓް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 މެއި 2017 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 22 މެއި 2017 ވާ ހޯމަ ދުވަހު 10:00 އަށް މިކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން ކުއްޔަށް ދިނުމަށް ގަސްތުކުރައްވާ އަގު ހުށަހެޅުއްވުން އެދެމެވެ.

 

20  ޝަޢުބާން   1438

16    މެއި    2017

16 މޭ 2017