ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-AD/10/2017/17
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2017
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 15 ޖޫން 2017 00:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖަމާއަތުގެ ފައިދާއަށް ހިންގޭ ކުދި މަޝްރޫއުތަކަށް ފައިސާގެ އެހީ ދިނުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ

ނަންބަރު: (IUL)10-AD/10/2017/17  

 

 

އިޢުލާން

 

ޖަމާޢަތުގެ ފައިދާއަށް ހިންގާ ކުދި މަޝްރޫޢުތަކަށް އެހީ ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

ރަށްރަށުގެ އިޖުތިމާޢީ ގޮތުން ރައްޔިތުންނާއި ގުޅިގެން ކުރިއަށް ގެންދާ ކުދި މަޝްރޫޢުތަކަށް މިމިނިސްޓްރީއިން އެހީ ދިނުމަށްޓަކައި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއެހީ ލިބިގެންދާނީ ރަށްރަށުގެ ޤަބުރުސްތާނުގެ ވަށާފާރު ރޭނުމާއި، މަގުބައްތި ޖެހުމާއި، ނެރުބައްތި ޖެހުން ފަދަ ކުދި މަޝްރޫޢުތަކަށެވެ. މިމަޝްރޫއުތަކުގެ ޕްރޮޕޯސަލް މިމިނިސްޓްރީ އަށް ހުށަހަޅާނީ ހަމައެކަނި ރަށު ކައުންސިލްތަކުގެ އިދާރާތަކުންނެވެ. ހުށަހަޅާ ޕްރޮޕޯސަލް ތަކުގެ ތެރެއިން ފައިސާގެ އެހީ ދެވޭނީ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް އެންމެ ގިނަ މާރކްސް ލިބޭ މަޝްރޫޢުތަކަށެވެ. ރަށްރަށުގެ ރަށު ކައުންސިލްތަކުގެ އިދާރާތަކުން މިމިނިސްޓްރީ އަށް ހުށަހަޅާ މަޝްރޫއުތައް އިވެލުއޭޓްކޮށް މާކްސް ދޭނީ ތިރީގައި މިވާ މިންގަނޑުތަކާ އެއްގޮތަށެވެ.

 

 

މާކްސް ދޭ މިންގަނޑުތައް

މާކްސް

1

މަޝްރޫއުގެ ބޭނުމާއި މަގްސަދު

25

2

މަޝްރޫއުގެ ސަބަބުން ޖަމާއަތަށް ފައިދާ ކުރާނެ މިންވަރާއި ނަތީޖާ ލިބޭނެ މިންވަރު

25

3

ހުށަހަޅާ މަޝްރޫއުގެ ޕްރޮޖެކްޓް ޕްރޮޕޯސަލްގައި މައުލޫމާތު ފުރިހަމަވެފައިވާ މިންވަރު

25

4

މަޝްރޫޢުގައި ރައްޔިތުންގެ ނުވަތަ ކައުންސިލް އިދާރާގެ ހިއްސާ ހިމެނޭ މިންވަރު

25

 

ވީމާ، މިކަމަށް ޝައުޤުވެރިވާ އިދާރަތަކުން އެކަމަށް އެދި ސިޓީއަކުން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ، 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރު 3323820 / 3313325 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

19 ޝަޢުބާން   1438

‏16 މެއި       2017     

 

16 މޭ 2017