ދެންނެވުން
ނަންބަރު: (A)CA-2017/174
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2017
ޕަބްލިޝްކުރި ގަޑި: 10:32
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުނެގުން.

ނަންބަރު:A)CA-2017/174)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުނެގުން.

2017 މެއި 6 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ތ. މަޑިފުށީ ކައުންސިލަށް، އެދާއިރާއަށް ވޯޓުލާންދިޔަ މީހުންގެ ތެރެއިން އެކަކަށް ވޯޓު ލެވިފައިވަނީ ވޯޓުލާންޖެހޭ ދާއިރާއަށް ނޫންކަމަށް ހާމަވެފައި ވާތީއާއި، އެދާއިރާނޫން އެހެން ދާއިރާއަކަށް ވޯޓުލާން ދިޔަ މީހުންގެ ތެރެއިން އެކަކަށް ވޯޓު ލެވިފައިވަނީ ތ.މަޑިފުށީ ކައުންސިލަށްކަމަށް ހާމަވެފައިވާތީ، މި ދެވޯޓުގެ ސަބަބުން، އެދާއިރާއިން އިންތިޚާބުގައި ވާދަކޮށް އެންމެމަތިން ވޯޓުލިބިފައިވާ 4 (ހަތަރު) ކެނޑިޑޭޓެއްގެ ވޯޓުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަމުގެ އިޙްތިމާލު އޮތުމުން، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން ތ. މަޑިފުށީ ކައުންސިލަށް އިންތިޚާބު ކުރަންޖެހޭ ތިން މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވަންޖެހޭ އިންތިޚާބު، އެހަތަރު ކެންޑިޑޭޓުންގެ މެދުގައި ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

     އަދި ތ. މަޑިފުށީ ރަށު ކައުންސިލްގެ ވޯޓު ނެގުން 2017 މެއި 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް އޮންނާނެއެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިޢުލާންކުރެވޭނެއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޝަޢުބާން   1438   

16 މޭ 2017