މަސައްކަތް
ނަންބަރު: GS160/2017/160
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2017
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 23 މޭ 2017 13:30
ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
ސްކޫލް އިމާރާތްތަކުގެ ބޭރުގެ ކުލަ އަދި ދަވާދު ބަދަލުކުރާނެ ފަރާތެއް ހޯދުން

         މިސްކޫލްގެ އިމާރާތްތަކުގެ ބޭރުގެ ކުލަ އަދި ދަވާދު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް 17 އޭޕްރިލް 2017 ވީ ހޯމަދުވަހު ކުރެވުނު (134GS160/2017/) އިއުލާނާއި ގުޅިގެން އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިއުލާން ބާތިލްކުރުމަށްފަހު އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ. މި މަސައްކަތަކީ މި ސްކޫލުން ތަކެތި ދީގެން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

        ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި މަދަރުސާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ތާރީޚް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

23 އޭޕްރިލް 2017

13:30

އދ. ދިގުރަށު މަދަރުސާ

އަންދާސީ ހިސާބު ހުށަހެޅުން

31 މޭ 2017

13:30

އދ. ދިގުރަށު މަދަރުސާ

 

     އަދި، ދަންނަވަމެވެ. މައުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބާއި، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެއެވެ.

 

                                16 މޭ 2017

16 މޭ 2017