ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-195/IUL-2017/06
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2017
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 25 މޭ 2017 12:00
ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

މަޤާމް

ޕްރިންޓަރ

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭ އޮފީސް

ނިލަންދޫ ސްކޫލް

އަތޮޅާއި ރަށް

ގއ.ނިލަންދޫ

މަޤާމުގެ ބާވަތް

ވަގުތީ (1 އަހަރު)

ސެކްޝަން

އެކަޑަމިކް

 

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

 

 

 

 

 

 

އެސް.އެސް3

 

 

 

 

 

 

 

 

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރައަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާޞިލްކޮށްފައިވުން . ނުވަތަ

 

 

 

 

 

 

 

-/3875

 

 

 

 

 

 

 

-/1000

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފަގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުންދިޔުމާއި އެކު، އެސް.އެސް 2 ރެންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފަގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުންދިޔުމާއި އެކު، އެސް.އެސް 3 ރެންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދަޢިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ ދާއިރާ: އިންފޮމޭޝަން ޓެކްނޮލޮޖީ

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޗާޕުކުރަންޖެހޭ ޓެސްޓް ޕޭޕަރުތަކާއި، ނޯޓިސްތަކާއި، ފޮޓޯކޮޕީހަދަންޖެހޭ ތަކެއްޗާއި، އެހެނިހެން ތަކެތި، ކަނޑައެޅިފައިވާ ގަޑިއަކަށްޗާޕުކޮށްފައި ހަވާލުކުރުން.
  2. ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ ޓީޗަރުންގެ ހޭންޑް ބުކް، ވެރިއެއްގެ ލަފާގެމަތިން ތައްޔާރުކޮށް ނިންމައި، ވެރިޔަކާ ހަވާލުކުރުން.
  3. ބައިންޑް ކުރުމާއި ލެމިނޭޓްކުރުމަށް ހަވާލުކުރެވޭ ތަކެތި، ކަނޑައެޅިފައިވާ ދުވަހަކަށް ނިންމައި ހަވާލުކުރުން.
  4. ޕްރިންޓިންގރޫމުގައި ހުންނަ ހުރިހާ މެޝިނަރީތަކާއި އެހެނިހެން ތަކެއްޗަށް ރައްކާތެރިވުމާއި ބެލެހެއްޓުން.
  5. އޮފީހަށާއި ޓީޗަރުންނަށް ބޭނުންވާ ތަކެތި ފޮޓޯކޮޕީ ހަދައިދިނުން.
  6. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި،އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރާ އެހެނިހެންކަންތައްތައް ކުރުން.
  7. ޕްރިންޓް ކުރުމަށް ބޭނުންވާ ކަރުދާސް ދެލި ފަދަ ތަކެތި ދުރާލައި ހޯދުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • މެރިޓް އުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް.
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް
  • ސިވިލްސާރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅުން އެމުވައްޒަފް މިހާރު ވަޒީފާ އަދާކުރައްވާ މުއައްސަސާއަކުން އެމުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ހާޒިރީ އަދި މަސައްކަތުގެ އަޚްލާގް ހުރިގޮތް ބަޔާންކޮށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރި ގޮތް ބަޔާންކުރާ ފޯމް" ހުށަހަޅުއްވާ މުވައްޒަފުންނަށް ވަޒީފާޔަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.

 

 

އިންޓަރވިއު ކުރުން

 

ހ. އިންޓަރވިއު އޮންނާނީ 28 މޭ 2017 އާއި 29 މޭ 2017 އާއި ދެމެދުގެ ދުވަހެއްގައި ނިލަންދޫ ސްކޫލުގެ އިދާރާގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

1-  ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭފޯރމްމިސްކޫލުގެ އިދާރާއިން ނުވަތަ (މިފޯރމް ސިވިލްސާވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މިމަޤާމަށް ޝަރުތު ހަމަވާ ބޭފުޅުން މަޤާމަށްއެދޭސިޓީއާއިއެކު 25 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެކުރިންމަތީގައިބަޔާންކުރެވިފައިވާލިޔުންތައް ނިލަންދޫ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އީ މެއިލުން ނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

 

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނިލަންދޫ ސްކޫލުގެ ނަންބަރު 7983074 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

16 މޭ 2017