ވަޒީފާގެ ފުރުޞަތު
ނަންބަރު: K5C-A/2017/07
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2017
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 25 މޭ 2017 15:00
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައިވާ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. 

މަޤާމް: ކޯޓު އޮފިސަރ

ބޭނުންވާ ޢަދަދު: 01

ކްލެފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް:ޖީ އެސް 3

މަޤާމުގެ މުސާރަ:-/4465ރ

ސަރވިސް އެލަވަންސް:މަހަކު -/1500 ރ

މަސައްކަތް ކުރައްވަންޖެހޭ ތަން: މ. މުލީ މެޖިސްޓްރޭޓް ކޯޓު

ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 (893.00)

ލިވިންގ އެލަވަންސް:މަހަކު -/2550 ރ

މަޤާމުގެ ޝަރުތު: 1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ

              2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު 2GS- ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތް :

01-     ޝަރީޢަތުގެ މަޖިލީސް އޮންނަ ގަޑިތަކަށް ޝަރީޢަތް ކުރާ ކޮޓަރި ތައްޔާރުކުރުމާއި، ކޯޓަށް ޙާޟިރުވާ މީހުން ރިސީވްކޮށް، މެޖިސްޓްރޭޓުގެ ހުއްދައާއިއެކު ޝަރީޢަތުގެ މަޖިލީހަށް ވެއްދުމާއި، ކޯޓުގެ ޙުރުމަތް ނުކެނޑުމަށް ޙާޟިރުވާ ފަރާތްތަކަށް އިރުޝާދު ދިނުމާއެކު، އެފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ކުރާނަމަ އެކަން ހުއްޓުވުން. (މެޖިސްޓްރޭޓްގެ ހުއްދައާއެކު)

02-     ކޯޓަށް ޙާޟިރުކޮށްފައި ތިބޭ މީހުން ކޯޓުތެރޭގައި ނޭދެވޭ ޢަމަލެއް ހިންގާތޯ ބެލުމާއި، ކޯޓުގެ ޙުރުމަތް ކެނޑޭފަދަގޮތަކަށް އަޑުގަދަކޮށް ހަދާނަމަ އެކަން ހުއްޓުވުން.

03-     ކޯޓުގެ ހަފްތާ ރިޕޯޓުތަކާއި، ތަފާސް ހިސާބުގެ ރިޕޯޓުތައް އެކުލަވާލުމާއި، ދާއިރާގެ ކޯޓުތަކުން ފޮނުވަންޖެހޭ ހަފްތާ ރިޕޯޓުތަކާއި، ތަފާސް ހިސާބުގެ ރިޕޯޓުތައް އެ ކޯޓުތަކުން ހޯދައި ޗެކުކޮށް، ކޮންސޮލިޑޭޓް ކުރުމަށްފަހު ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

04-     ކޯޓަށް ޙާޟިރުވާ މީހުން ހޯދަން އެދޭ ޤާނޫނީ މަޢުލޫމާތު ކޯޓުގެ ގަވާއިދުތަކާ އެއްގޮތަށް ފޯރުކޮށްދިނުން.

05-     ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ވަރިކާވެންޏާއި ބެހޭ މައްސަލަތަކާއި، އެގްރީމެންޓް ރަޖިސްޓްރީ ކުރުމުގެ ފޯމް ބަލައިގަނެ، މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުމުގައި އެހީތެރިވެދިނުމާއި، އެ ފޯމުތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތް ލީގަލް އޮފިސަރ / މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ކުރުމާއި، އެކިއެކި ޤާނޫނީ ލިޔުންތަކަށް އެދި ހުށަހަޅާފައިވާ ފޯމުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، ފައިލްކުރުން.

06-     ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތަކާއި، ތަހުޤީޤީ އިދާރާތަކުން އެކިއެކި އަމުރުތަކަށް ހޯދަން އެދި ހުށަހަޅާ ފޯމުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

07-     ޝަރީޢަތާގުޅޭ ފޮތްތަކާއި ލިޔުންތައް ގަވާއިދުން ލިޔެ ބެލެހެއްޓުމާއި، ޝަރީޢަތާ ގުޅޭ ފޮތްތަކާއި ލިޔުންތައް ގަވާއިދުން ސްކޭންކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

08-     ކޯޓަށް ޙާޟިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ޙާޟިރުވުމުގެ އަމުރު) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް  އަމުރު ރައްދުވެފައިވޭތޯ ބެލުމާއި، ކޯޓަށް ޙާޟިރުވުމުގެ އަމުރާ ޙަވާލުނުވާ މީހުންނާ ފިލައިގެން އުޅޭ މީހުންގެ ގޭގައި ކޯޓަށް ޙާޟިރުވުމުގެ އަމުރު ތަތްކުރުން.

09-     ކޯޓު އަމުރުގައިވާ ގަޑިއަށް ޙާޟިރުނުވާ މީހުން ޖޫރިމަނާކުރުމާއި ޖުރިމަނާ ޗިޓު ތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން.

10-     ކޯޓުތެރޭގައި މުވައްޒަފުންގެ މެދުގައި ހިނގާ ދެބަސްވުންތައް ހުއްޓުވާ، ތަނުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް މުވައްޒަފުންގެ ޢަމަލުތައް ހުރެއްޖެނަމަ އެކަމެއް ހުއްޓުވައި، މަސްލަހަތު ޤާއިމްކުރަން މަސައްކަތްކުރުން، އަދި މިކަން އިދާރީ އެންމެ އިސްވެރިއެއްގެ ސަމާލުކަމަށް ގެނައުން.

11-     ލީގަލް އޮފިސަރުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި، ލީގަލް އޮފިސަރު  ނެތިއްޖެ ހާލަތެއްގައި މެޖިސްޓްރޭޓްގެ ލަފާފުޅާއެކު އެ މަސައްކަތްތައް ކުރުން.

12-     މީގެ އިތުރުންވެސް ކޯޓުގެ ވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • 2017 މޭ 25 ވާ  ބުރާސްފަތި ދުވަހުގެ 15:00 ގެކުރިން "ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި އިނާޔަތްތައް:

  • މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސާއި، ޖުޑީޝަލް އެލަވަންސާއި، ލިވިންގ އެލަވަންސާއި، އިތުރުގަޑީގެ ފައިސާ ޖުޑީޝަލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ރަސްމީ ގަޑީގައި މިކޯޓުންލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ވެސް ޑައުންލޯޑްކުރެވޭނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  4. ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒިފާގެ މަސްޢޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭފަދަ ރަސްމީ ލިޔުމެއް(އަދާކުރި ވަޒީފާގެ ރޭންކަކީ، ޑިޕާޓްނަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މިލިޔުމުގައި އެގެން އޮންނަން ވާނެއެވެ.)
  5. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

(ނޯޓް: ހުށަހަޅާ ލިޔުންތަކުގެ ކޮޕީތަށް އަޞްލާއި އެއްގޮތްކަމަށް ބަޔާން ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިނުވާނަމަ އިންޓަވިއުއަށް އަންނައިރު އެލިޔުންތަކުގެ އަސްލުގެންނަންވާނެއެވެ.)

 

އެހެނިހެން ކަންތައްތައް:

  • ·     މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި ވަޒީފާއަށް މީހަކު ޢައްޔަނު ކުރުމުގެ ކުރިން މަތީގައި ޙަވާލާދެވިފައިވާ މާއްދާގެ (ށ) ގައި ބުނާ ކަންކަމަށް ރިޢާޔަތް ކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

          މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި، އިންޓަރވިއުގައި ހޯދާ މާކްސްއާއި، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރުބެލުމަށް މިކޯޓުންދޭ ޓެސްޓެއްގެ ޖުމުލަ މާކުސްއަށް ބަލައިގެންނެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން 2017 ޖޫން 04 ވަނަ ދުވަހުން 08 ވަނަ ދުވަހާދެމެދު މި ކޯޓުން އަންގާ ތާރީޚެއްގައި މި ކޯޓުގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ ވަޒީފާއަށް ކުރިމަތިލެއްވި ފަރާތްތަކުން އެ ތާރީޚުން ފެށިގެން އިންޓަރވިއުއަށް ތައްޔާރުވެ ރަށުގައި ޙާޟިރުވެ ތިބުމަށް ދެންނެވީމެވެ. އިންޓަވިއު ކުރާނީ މަޤާމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގައިކަމަށްވެސް ދަންނަވަމެވެ.

          މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި ކޯޓުގެ ނަންބަރު: 6720625 އަށް ގުޅުއްވުން އެދެމެވެ.                  

19 ޝަޢުބާން 1438

15 މޭ 2017

15 މޭ 2017