ދިވެހިރާއްޖެ
ނަންބަރު:MREIC/IU/2017/0010
ކުއްޔަށް ދޫކުރުން
ކ.ވިލިނގިލި އެމްޓީސީސީ ފެރީ ޓާރމިނަލްއާއި ގުޅިފައިވާ 5639.21 އަކަފޫޓު ޕްލޮޓް ކުއްޔަށް ދޫކުރުން:
ކ.ވިލިނގިލި އެމްޓީސީސީ ފެރީ ޓާރމިނަލްއާއި ގުޅިފައިވާ 5639.21 އަކަފޫޓު ޕްލޮޓް އަމިއްލަ ޙަރަދުގައި ތަރައްޤީކުރެވޭނެ ފަރާތަކަށް ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މޭ 22 ވާ ހޯމަ ދުވަހު 14:00 އަށް، މިކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2017 ޖޫން 08 ވާ ބުރާސްފަތި ދުވަހު 14:00 ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
19 ޝަޢުބާން 1438
15 މޭ 2017