ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)452/23/2017/4
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2017
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 26 މޭ 2017 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
1438 ވަނަ އަހަރު ރަމަޟާން މަހު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކައް ދޭންޖެހޭ ޕޯލިއޯ އަދި ކޮލެރާ ވެކްސިން ދިނުމާއި ގުޅޭ

 

ޢިއުލާން

 

1438 ވަނަ އަހަރު ރަމަޟާން މަހު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކައް ދޭންޖެހޭ ޕޯލިއޯ އަދި ކޮލެރާ ވެކްސިން ދިނުމާއި ގުޅޭ

 

ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ފުރާވަޑައިގަންނަވާ ބޭފުޅުން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ޕޯލިއޯ އަދި ކޮލެރާ ފަދަ އަނގައަށް ދޭންޖެހޭ ވެކްސިންތަކަކީ ރޯދަ މަހު ދުވާލުގަޑީގައި ދެވޭ ވެކްސިންތަކަކަށް ނުވާތީވެ، ޙައްޖު/ޢުމްރާ އަދި ދަތުރުކުރަން ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން މި ވެކްސިންތައް ނަންގަވަން ޖެހޭ ބޭފުޅުންނަށް މިވެކްސިން ދިނުމަށް ރޯދަ މަހު ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:00 އިން 10:00 އަށް ވެކްސިންޖަހައިދިނުމުގެ އިންތިޒާމު  ދަމަނަ ވެށީގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

 

 

 

 

 

 

 

 

 

 

 

                            19 ޝަޢުބާން 1438

 

 

15 މޭ 2017