ދިވެހިރާއްޖެ
އިއުލާން ނަންބަރު: IUL)30-C/30/2017/65)
މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ - ސާމްޕްލަރ
ވަރލްޑްބޭންކް ގެ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ކަނޑުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމުގެ ދަށުން ޅ. ފެލިވަރު އަދި ގއ. ކޫއްޑޫ ބަނދަރުގައި މަސައްކަރާނޭ ފަރާތްތަކެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)30-C/30/2017/50 އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ބޭނުންވާ އަދަދު |
4 |
މަސައްކަތް ހަވާލުކުރެވޭ މުއްދަތު |
01 އަހަރު ދުވަސް |
މަސައްކަތްކުރަން ޖެހޭ ތަން: |
ޅ.ފެލިވަރު އަދި ގއ.ކޫއްޑޫ / ކޮންމެ ބަނދަރެއްގައި 2 ސާމްޕްލަރުން |
މަސައްކަތުގެއުޖޫރަ: |
މަސައްކަތުގެ އުޖޫރައިގެ ގޮތުގައި ކޮންމެ މަހަކު -/4000 ރުފިޔާ ދެވޭނެއެވެ. |
(މަސައްކަތް ނުކުރާ ދުވަސްތަކަށް ކަނޑައެޅޭ ގޮތެއްގެ މަތިން އުޖޫރައިން އުނިކުރެވޭނެއެވެ.) |
|
މަސައްކަތުގެތަފްސީލް: |
o މަސްގަންނަ ބަނދަރަށް ލަފާ ދޯނިތަކުގެ ތެރެއިން، ދުވާލަކު 1 ދޯނިން ގެންނަ މަހުގެ %20 މަސްތަކުގެ ދިގުމިން ނެގުން. މި މަސައްކަތްކުރާނީ ހަފްތާއަކު 5 ދުވަހު އެވެ. |
o މަސްގަންނަ ބަނދަރަށް ލަފާ ދޯނިތަކުގެ ތެރެއިން ދުވާލަކު 3 ދޯނީގެ މަސްވެރިކަމުގެ މަޢުލޫމާތު ނަގާ ލޮގް ފޮތް ފުރިތޯ ބަލައި، ފުރުމުގައި ދޯނީގެ ކެޔޮޅަށް އެހީތެރިކަން ދިނުން. މި މަސައްކަތް ކުރާނީ ހަފްތާއަކު 6 ދުވަހު އެވެ. |
|
o މަސްވެރިކަމާއިގުޅޭ އެހެނިހެން މަޢުލޫމާތު ނެގުމުގައި އެހީތެރިވެދިނުން. |
|
|
|
އެހެނިހެންތަފްޞީލު: |
މިކަމަށް އެދި ހުށައަޅާ ފަރާތަކީ އެ ބަނދަރެއްގައި ވަޒީފާ އަދާކުރާ ފަރާތެއްނަމަ، މި މަސައްކަތް ކުރުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިއުން. |
|
ވީމާ، މިމަސައްކަތް ކުރުމަށް ޝައުވެރިވާ ފަރާތްތަކުން 22 މެއި 2017 ގެ 14:00ގެ ކުރިން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، 7 ވަނަ ފަންގިފިލާ އަށް ސިޓީއަކުން ހުށަހެޅުމަށް އެދި ދެންނެވީމެވެ.
މި މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިމިނިސްޓްރީގެ ނަންބަރު 3339252/3322242/ 3339211 އަށް ގުޅުއްވުން އެދެމެވެ.