ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMSPR/416/2017/33
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2017
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 18 މޭ 2017 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1438 ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓް ނެގުމާއި ބެހޭ!

 

އިޢުލާން

މިއިދާރާގެ ނަންބަރ: (IUL)416-ESMSPR/416/2017/28 (30 އެޕްރީލް 2017) އިޢުލާނުގެ މުއްދަތަށް މިހާރު ބަދަލު އައިސްފައިވާތީ މުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ.

1438 ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓް ނެގުމާއި ބެހޭ!

 1437 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓުގައި، ރަޖިސްޓްރީވެފައިވާ ފަރާތްތައް ފިޔަވައި އަލަށް ރަޖިސްޓްރީވާންއެދޭ ފަރާތްތަކަށް އެފުރުޞަތު 18 މެއި 2017 (ބުރާސްފަތި) ދުވަހުގެ މުއްދަތަށް މިވަނީ ހުޅުވާލެވިފައެވެ.

ވީމާ، ފަޤީރުންގެ ގޮތުގައި ރެޖިސްޓްރީވާންއެދޭ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލްގެ އިދާރާއަށް ދުރުވެ "ފިޠުރު ޒަކާތާއި މުދަލު ޒަކާތް ލިބިގަތުމާއި ފަޤީރުންގެ ގޮތުގައި ރެޖިސްޓްރީވުމަށް އެދޭ ފޯމު" ނަންގަވައި ފޯމު ފުރުއްވައި، މުއްދަތުގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ނަމަވެސް،18 މެއި 2017 ދުވަހުގެ ފަހުން ހުށަހަޅާ ފޯމު ބަލައެއް ނުގަނެވޭނެއެވެ.

އަދި، 1437 ވަނަ އަހަރު ފަޤީރުންގެ ލިސްޓުގައި ހިމެނިފައިވާ އެއްވެސް ފަރާތަކުން ޙާލަތު ބަދަލުވެ، ލިސްޓުން އުނިވާން ބޭނުންފުޅުވާ ނަމަވެސް މިމުއްދަތުގައި ގދ. މަޑަވެލި ކައުންސިލަށް އެކަން ލިޔުމުން ހުށަހެޅުމަށް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

14 މޭ 2017