ދިވެހިރާއްޖެ
އިޢުލާން
ކްލާސް 3 ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ (ސީއޯސީ) ކޯހަށް ފޮނުވާނެ ކެނޑިޑޭޓުން ހޮވުން
ކޯހުގެ ނަން: ކްލާސް 3 ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ (ސީއޯސީ)
ކޯހުގެ މުއްދަތު: 3 އަހަރު ދުވަސް
ތަން/ ޤައުމު: މެލޭޝިއަން މެރިޓައިމް އެކެޑަމީ، މެލެޝިޔާ
ޝަރުތު: ޖީ.ސީ.އީ އޭލެވެލްގެ ތިން މާއްދާއިން "ސީ" ފާހަށްވުރެ މަތި ހާސިލު ކޮށްފައިވުން
ކޯހަށް ހޮވޭ ފަރާތުން ކޯސް ފުރިހަމަ ކުރެވުމަށްފަހު މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ އިން ކަނޑައަޅާ ތަނެއްގައެވެ. އަދި ކޯސް ފުރިހަމަ ކުރެއްވުމަށްފަހު ޚިދުމަތް ކުރެއްވުމަށް ނުވަތަ ބޮންޑް މުއްދަތެއް ކަމުގައި ހަމަޖެހިފައިވަނީ 5 އަހަރާއި 7.5 އަހަރުގެ މުއްދަތެކެވެ.
ވީމާ، މި ކޯހަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޓޭޗް ކުރެވިފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުމަށް ފަހު 2017 މޭ 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ފޮނުއްވައިދެއްވުން އެދެމެވެ.
އީމެއިލް: [email protected]
އިތުރު މައުލޫމާތު ހޯއްދެއްވުމަށް ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ 3344234 އާއި ގުޅުއްވުންއެދެމެވެ.
14 މޭ 2017