ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A/1/2017/13
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2017
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 25 މޭ 2017 15:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
Assistant Aerodrome Inspector

 

 

ވަޒީފާގެ ފުރުޞަތު

ނަންބަރު:

31/IUL)201-A/1/2017)   

ތާރީޚް:

15 މޭ 2017

 

މަޤާމް:

އެސިސްޓަންޓް އެރޯޑްރޯމްސް އިންސްޕެކްޓަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއަރ ނެވިގޭޝަން އެންޑް އެރޮޑްރޯމްސް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ

މުސާރަ އާއި އެލަވަންސް:

އިންޑަސްޓްރިއާ އަޅާކިޔޭވަރުގެ މުސާރަ އާއި އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

1-      އެރޮޑްރޯމް ޑިޒައިން/އިންޖިނީއަރިންގ ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން ބެޗެލާސް ޑިގްރީ ޙާޞިލު ކޮށްފައިވުން

ނުވަތަ

2-      އެރޮޑްރޯމް ޑިޒައިން/އިންޖިނީއަރިންގ ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން ޑިޕްލޮމާ ޙާޞިލު ކޮށްފައިވުމާއެކު މަދުވެގެން 2 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

ނުވަތަ

3- އެރޮޑްރޯމްގެ ދާއިރާއިން ޕްރޮފެޝަނަލް ކޮލިފިކޭޝަންއެއް ޙާޞިލުކޮށްފައިވުމާއެކު މަސައްކަތަށް ބޭނުންވާ އައިކާއޯ މެންޑޭޓަރީ ޓްރެއިނިންގތައް (އެއަރ ޓްރެފިކް ކޮންޓްރޯލް، ސޭފްޓީ، ފަޔަރ، ރޭމްޕް ނުވަތަ އެނެކްސް 14 ޓްރެއިނިންގް) ހާސިލްކޮށްފައިވުން އަދި އޯލެވަލް އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް އެސް ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވާތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުމާއެކު މަދުވެގެން 5 އަހަރު ދުވަހު ފީލްޑްގައި  މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

1-    ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން އެސިސްޓަންޓް އޭރޯޑްރޯމްސް އިންސްޕެކްޓަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން

2-    ރާއްޖޭގެ ވައިގެ ބަނދަރުތައް ސެޓިފައިކޮށް ސްޓޭންޑަރޑްސް ބެލެހެއްޓުމަށް ކުރެވޭ މަސައްކަތުގައި އޭރޯޑްރޯމްސް އޮފިސަަރަށް އެހީތެރިވުން

3-    ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ކުރުމަށްޓަކައި ތާވަލެއް އެކުލަވާލާ އަދި މިތާރީޚްތައް އެރޯޑްރޯމްސް އޮފިސަރުގެ ސަމާލުކަމަށް ގެނައުން

4-    ފްލޯޓިންގ ޕްލެޓްފޯމް ތަކަށް ލައިސަންސް ދޫކުރުމާ  ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމުގައި އެރޮޑްރޯމް އޮފިސަރަށް އެހީތެރިވުން

5-    އިންސްޕެކްޝަންތަކާ އޮޑިޓްތަކުގެ ލިޔެކިއުންތައް ބެލެހެއްޓުން

6-    ވައިގެ ބަދަރުތަކުގައި ދިމާވާ ހާދިސާތައް ބެލުމަށް ބޭނުންވާ މަޢުލޫމާތުތައް އެކިފަރާތްތަކުން ހޯދާ އަދި ތަޙުޤީޤު ކުރުމުގައި އެހީތެރިވުން

7-    އިންސިޑެންޓްތަކާއި އެކްސިޑެންޓްތަކުގެ ޑޭޓާބޭސް ބެލެހެއްޓުންް

8-    ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ހެދުމަށްފަހު ރިޕޯޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެފަރާތްތަކާއި ހަވާލުކުރުމަށް އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން

9-    އޮޑިޓް/އިންސްޕެކްޝަންސްގެ ފޮލޯއަޕް ކަޑައެޅިފައިވަ ތާރީޚްތަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަން އެރޯޑްރޯމް  އޮފިސަރަށް ދިނުން

10-   ސެކްޝަންގައި ބޭއްވޭ މީޓިންގ ތަކުގެ މިނިޓްސް ތައްޔާރުކުރުމާއި ރެކޯޑްސް ބެލެހެއްޓުން

11-   އަދި މިނޫން ވެސް އެރޮޑްރޯމްސް އާއި ގުޅޭދާއިރާއިން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން

 

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

1-      މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލްކޮށްފައިވާ ޕޮރޮފެޝަނަލް ޓްރެއިންންގް އާއި ތަޖްރީބާ

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

1-      25 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

1-      ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

 

14 މޭ 2017