މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2017/26
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2017
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 21 މޭ 2017 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ރިސެޕްޝަން ކައުންޓަރާއި ކައުންޓަރު ހިމެނޭ ސަރަހައްދަށް ބަދަލު ގެނައުމަށް ބޭނުންވެއްޖެ

މިއޮފީހުގެ ރިސެޕްޝަން ކައުންޓަރާއި ކައުންޓަރު ހިމެނޭ ސަރަހައްދަށް ބައެއް ބަދަލުގެނައުމަށް ބޭނުންވެއްޖެއެވެ. މަސައްކަތް ކުރަންވާނީ މަސައްކަތާ ހަވާލުވާ ފަރާތުގެ އަމިއްލަ ތަކެތީގައެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 21 މޭ 2017 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 24 މޭ 2017 ވާ ބުދަ ދުވަހުގެ 14:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެދުވަހެއްގެ 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

14 މޭ 2017