ދިވެހިރާއްޖެ
ނަންބަރ:IUL)MMPRC-HR/1/2017/32)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
2017 މެއި 24 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ “ޓުއަރިޒަމް ސެކްޓަރ އެންހާންސްމަންޓް ވޯކްޝޮޕް 2017" ގެ އެންމެހާ ކަންތައްތައް ރާވައި އިންތިޒާމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2017 މެއި 17 ވާ ބުދަ ދުވަހު 11:00 އަށް މިކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މެއި 18ވާ ބުރާސްފަތި ދުވަހުގެ 11.00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
18 ޝަޢުބާން 1438 ހ.
14 މެއި 2017 މ.