ޢާންމު މަޢުލޫމާތު
ނަންބަރު: GS81(HR)/IUL/2017/14
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2017
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 23 މޭ 2017 13:00
ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުން

2017 ވަނަ އަހަރު، މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް، ރަނގަޅު ފެންވަރުގެ ދެކޮޓަރިއާއި ސިޓީންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކެ) ހުރި ގެއެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، ރަނގަޅު ފެންވަރުގެ  ދެކޮޓަރިއާއި ސިޓީންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު) ހުރި ގެއެއް، މި ސްކޫލަށް ކުއްޔަށް ދޫކުރުމަށް ޝައެޤުވެރިވެލައްވާ ފަރާތްތަކުން 2017 މެއި 23 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް، ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު، 2017 މެއި 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް ސިޓީހިއްޕަވައިގެން މި ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

ދެންނެވިފައިވާގަޑިއަށް ޙާޟިރުވެ ލެއްވުމަށް އުޛުރުވެރިވެލައްވާ ބޭފުޅުން، 2017 މެއި 23 ވާ އަންގާރަ  ދުވަހުގެ 13:00 ގެ ކުރިން ރަސްމީގަޑީގައި މި ސްކޫލުގެ 6500538 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރުއްވާ ހުށައަޅުއްވާ ސިޓީ ޤަބޫލު ކުރެވެންނޯންނާނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

14 މޭ 2017