މަސައްކަތް
ނަންބަރު: (IUL)285-D/285/2017/23
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2017
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 18 މޭ 2017 13:30
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިރުމަތި ފަރާތު ރެސްޓޯރަންޓްގައި އެލްމިނިއަމް ދޮރު ހަރުކުރުމާއި ގުޅޭ.

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ

ހެނބަދޫ / ދިވެހިރާއްޖެ

                                            ނަންބަރ: IUL)285-D/285/2017/23 )  

އިޢުލާން

އިރުމަތި ފަރާތު ރެސްޓޯރަންޓްގައި އެލްމިނިއަމް ދޮރު ހަރުކުރުމާއި ގުޅޭ.

                        އިރުމަތި ފަރާތު ރެސްޓޯރެންޓްގައި އެލްމިނިއަމް ދޮރު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ: (IUL)285-C/285/2017/19 ގުޅިގެން  ހުށަހަޅާފައިވާ އެސްޓިމޭޓް ތަކުގެ އަގުތައް ބޮޑުކަމަށް މިއިދާރާއަށް ފެންނާތީ މިޢުލާން ބާޠިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

 

                        މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30   އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 25 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                      މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ހުށަހެޅޭނީ ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ) ނުވަތަ ޤާނޫނު ނަންބަރު 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެފަދަ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.އަދި މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                       މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

                       15 ޝަޢްބާން 1438

                       14  މޭ 2017

 

 

11 މޭ 2017