ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)399-MS/399/2017/51
                    ޕަބްލިޝްކުރި ތާރީޚް: 14 މޭ 2017
                    ޕަބްލިޝްކުރި ގަޑި:  10:42
                                            ސުންގަޑި: 
                            18 މޭ 2017 12:00
                        
                    
                ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގަހަށް ފެންދޭ ނިޒާމަށް އެދުމުގެ މުއްދަތު އިތުރު ކުރުން
                                ނަންބަރ: (IUL)399-MS/399/2017/51
އިޢުލާން
ގަހަށް ފެންދޭ ނިޒާމަށް އެދުމުގެ މުއްދަތު އިތުރު ކުރުން.
މި އިދާރާގެ ނަމްބަރު (IUL)399-MS/399/2017/49 އިޢުލާނުގައި ދަންނަވާފައިވާ، ފެންދޭ ނިޒާމް (އިރިގޭޝަން ސިސްޓަމް) އަށް އެދި ސިޓީ ފޮނުވުމުގެ މުއްދަތު 18 މޭއި 2017 ގެ 12:00 އަށް ވަނީ އިތުރު ކުރެވިފައެވެ.
މި ފެންދޭ ނިޒާމުތަކަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރީކަލްޗަރ އިން މިރަށުގެ ދަނޑުވެރިންގެ ތެރެއިން ހޮވާލެވޭ 20 ދަނޑުވެރިޔެއްގެ ދަނޑުގައި ޒަމާނީ ފެންދޭ ނިޒާމް ޤާއިމުކޮށް ދެއްވުމަށް، މިރަށުގައި ހިންގެވުމަށް ހަމަހެޖެހިފައިވާ ޕްރޮގްރާމްގެ ދަށުން ޤާއިމުކޮށްދޭ ފެންދޭ ނިޒާމްތަކެކެވެ.
ވީމާ، މި ފެންދޭ ނިޒާމަށް ޝައުޤުވެރިވެލައްވާ ދަނޑުވެރިން ދެންނެވިފައިވާ ތާރީޚްގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
18 ސަޢުބާން 1438
14 މޭއި 2017
                14 މޭ 2017