ދިވެހިރާއްޖެ
ފުވައްމުލަކު މާދަޑު ކައުންސިލް ގެ އިދާރާ |
SECRETARIAT OF THE MAADHADU COUNCIL |
ފުވައްމުލައް، ދިވެހިރާއްޖެ |
GN. FUVAHMULAH, REP.OF MALDIVES |
ނަމްބަރ: (IUL)424-CO/424/2017/15
އިޢުލާން
1438 ވަނަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވުމާއި ގުޅޭ
1437 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ފިޔަވައި އަލަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި 1437 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓުގައިވާ ފަރާތްތައް އަލުން ރަޖިސްޓްރީ ވާން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ
ވީމާ ، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން "ފިތުރު ޒަކާތާއި މުދަލު ޒަކާތް ލިބިގަތުމަށް އެދޭ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރުއްވައި މިކައުންސިލަށް 15 މެއި 2017 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ފޯމް މި ކައުންސިލުން ލިބެން ހުންނާނެ އެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 6860041 އަށް ގުޅުއްވުން އެދެމެވެ.
15ޝަޢުބާން 1438ހ.
11 ޖޫން 2017މ.