ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2017/22
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2017
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 21 މޭ 2017 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ

މަޤާމް :ސޮފްޓްވެއަރ ޑިވެލޮޕަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

        މި ހޮސްޕިޓަލަށް ސޮފްޓްވެއަރ ޑިވެލޮޕަރގެ މަގާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ. މި މަގާމުގައި މަސައްކަތް ކުރުމަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި ގާބިލްމީހެކެވެ.

މަޤާމް:

ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/15000ރުފިޔާ  

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ނަން  ޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %35 ދެވޭނެއެވެ.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލަށް ބޭނުންވާ ސޮފްްޓްވެއަރ ޑިވެލޮޕްކުރުމާއި، އިމްޕްލިމެންޓްކޮށް، އެއާގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތައް

 

 

ތަޢުލީމާއި ތަޖުރިބާ:

 

  • ސޮފްޓްވެއަރ އިންޖިނިއަރިންގއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އާއި އެއްފެންވަރެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،C# އިން ކޯޑްކުރުމާއި ޑިވެލޮޕް ކުރުމުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އައިއޯއެސްއާއި އެންޑްރޮއިޑް އެޕްލިކޭޝަން ފަރުމާކޮށް ޑިވެލޮޕްކޮށް އިމްޕްލިމެންޓްކުރުމުގެ ތަޖުރިބާއާއި ގާބިލްކަން ލިބިފައިވުން.
  • ވެބްސައިޓް ޑިޒައިންކޮށް ޑިވެލޮޕްކުރުމުގެ ގާބިލްކަން ލިބިފައިވުން.
  • ކޯޕަރޭޓް ނެޓްވާރކްތަކުގެ މަސައްކަތްކުރުމުގެ ތަޖުރިބާލިބިފައިވުން.
  • MSSQLއަދި MySQLސާރވަރ މަސައްކަތްކުރަން އެގުން.
  • CSS,HTML,C#,ASP.NET,PHP އަދި JavaScript ގެ މަސައްކަތްކުރަން އެނގުން.
  • ކޯޕަރޭޓް ފެންވަރުގެ ސޮފްޓްވެއަރއެއް ޑިވެލޮޕްކޮށް ރާއްޖޭގެ މާރކެޓުގައި އިމްޕްލިމެންޓްކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ. ނުވަތަ
  • C#,ASP.NETއިން ކޯޑްކުރުމާއި ޑިވެލޮޕްކުރުމުގެ 5 އަހަރާއި 10 އަހަރާއި ދެމެދުގެ ތަޖުރިބާ ހުރުން.
  • އައިއޯއެސް އަދި އެންޑްރޮއިޑް އެޕްލިކޭޝަން ފަރުމާކޮށް ޑިވެލޮޕްކޮށް އިމްޕްލިމެންޓްކުރުމުގެ ތަޖުރިބާއާއި ގާބިލްކަންލިބިފައިވުން.
  • ވެބްސައިޓް ޑިޒައިންކޮށް ޑިވެލޮޕްކުރުމުގެ ގާބިލްކަން ލިބިފައިވުން.
  • ކޯޕަރޭޓް ނެޓްވާރކްތަކުގެ މަސައްކަތް ކުރުމުގެ ތަޖުރިބާލިބިފައިވުން.
  • MSSQLއަދި MySQLސަރވަރ މަސައްކަތްކުރަން އެގުން.
  • CSS,HTML,C#,ASP.NET,PHP އަދި JavaScript ގެ މަސައްކަތް ކުރަން އެގުން.
  • ކޯޕަރޭޓް ފެންވަރުގެ ސޮފްޓްވެއަރއެއް ޑިވެލޮޕްކޮށް ރާއްޖޭގެ މާރކެޓުގައި އިމްޕްލިމެންޓްކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

 

ކޮންޓްރެކްޓުގެ މުއްދަތު:

މީލާދީ 1 (އެކެއް) އަހަރު ދުވަސް

މިމަޤާމަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

 

  • ހިންގުންތެރިކަމުގެ ހުނަރު
  • ދިވެހި އަދި އިނގިރޭސި ބަސް ރަނގަޅަށް އެނގޭ މީހެއް ކަމުގައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން،
  • ކަންތައްތައް ހައްލުކުރުމުގައި އަދި ބަސްމޮށުންތެރިކަމުގެ ހުނަރުހުރުން.
  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ގާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއުކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން  ލިބެން ހުންނާނެއެވެ. އަދި މި ހޮސްޕިޓަލުގެ www.igmh.gov.mv ވެބްސައިޓުން ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 މެއި 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected]  އެވެ. ފެކްސް ނަންބަރަކީ، 3316640 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

1.ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)

  1. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

 

 

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯނަށެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި

14 ޝައުބާން 1438

10 މެއި 2017

11 މޭ 2017