ދިވެހިރާއްޖެ
މަޤާމް :ޕެރަލީގަލް އޮފިސަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: މިކުންފުނީގެ ނަންބަރު 60އޭޑީއެމް/111/2017 އިޢުލާނަށް އެކަށީގެންވާ ކެނޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މަޤާމް: ޕެރަލީގަލް އޮފިސަރ ބޭނުންވާ އަދަދު: 01 (އެކެއް) އަސާސީ މުސާރަ:މަހަކު -/5380 ރުފިޔާ މަސައްކަތް ކުރަންޖެހޭތަން: ކޯޕަރޭޓް އެންޑް ލީގަލް އެފެއާރޒް / އެސްޓީއޯ ހެޑް އޮފީސް ޢިނާޔަތްތައް: * އިތުރު އެލަވަންސް: މަހަކު -/2000 ރުފިޔާއާއި -/2700ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. * އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ. * ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ. * މަތީ ތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ. މަޤާމުގެ މަސްއޫލިއްޔަތު: * ކޯޓު ކޭސްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން * ފައިސާ ދައްކަންޖެހިފައިވާ ކަސްޓަމަރުންގެ ފައިސާ ހޯދުމުގެ މަސައްކަތްތައް ކުރުން ފެންވަރު ނުވަތަ ޝަރުތު: * ޖީސީއީ އޯލެވެލްގެ 4 މާއްދާ އަދި އެސް އެސް ސީ އިމްތިހާނުގެ ދިވެހިން "ސީ" ފާހަށްވުރެ މަތި ލިިބިފައިވުން ނުވަތަ އޭލެވެލް ފުރިހަމަކޮށް އެޗްއެސްސީ އިމްތިހާނުގެ ދިވެހިން "ސީ" ފާހަށްވުރެ މަތި ލިިބިފައިވުން އެހެނިހެން ހުނަރު * ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން * ކޮމްޕިއުޓަރއިން ކުރަންޖެހޭ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން * ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފުރިހަމަޔަށް މުޢާމަލާތުކުރަން އެނގުން * މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ސުންގަޑި:
ނޯޓު:
އެޑްރެސް:
10 މޭ 2017
|