މަސައްކަތް
ނަންބަރު: (IUL)23-AP/23/2017/72
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2017
ޕަބްލިޝްކުރި ގަޑި: 09:00
ސުންގަޑި: 14 މޭ 2017 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ޕްލާންޓް ހައުސްއެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

            ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ޕްލާންޓް ހައުސްއެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް  ހޯދުމަށް 25 އޭޕްރިލް2017 ގައި ކުރެވުނު ނަންބަރު (IUL)23-AP/23/2017/58 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ތިން ފަރާތުގެ ތެރެއިން އެއް ފަރާތުގެ އަންދާސީ ހިސާބު ބާތިލްވެފައިވާތީ ވާދަ ކުރާނެ ތިން ފަރާތެއް ނެތުމުން އެ އިޢުލާން ބާތިލް ކޮށް އަލުން ފުރުސަތު ހުޅުވާލީމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 14 މޭ ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ލ.ގަން އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 މޭ ވާ ހޯމަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ލ.ގަން އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

13 ޝަޢުބާން 1438

09 މޭ 2017