ވަޒީފާގެ ފުރުޞަތު
ނަންބަރު: GS145/HR/IUL/2017/015
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2017
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 21 މޭ 2017 12:00
ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ސްޕެޝަލް އެޑިޔުކޭޝަން ޓީޗަރ

                                  ގުރައިދޫ ސްކޫލް                                     

             ކ.ގުރައިދޫ، ދިވެހިރާއްޖެ                

   ތާރީޚް:10 މެއި 2017                                                        ނަންބަރު: GS145/HR/IUL/2017/015       

 

ސްޕެޝަލް އެޑިޔުކޭޝަން ޓީޗަރެއް ހޯދުމަށް

   މަޤާމް:                      ( ސްޕެޝަލް އެޑިޔުކޭޝަން ޓީޗަރ)

   ބޭނުންވާ އަދަދު:                01 ( އެކެއް )

   ވަޒީފާއޮތް އޮފީސް:              ގުރައިދޫ ސްކޫލް

   ގިންތި:                      ކޮންޓްރެކްޓް

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    ގުރައިދޫ ސްކޫލް/އެކަޑަމިކް              

 ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ސްކޫލުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

2- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.

3- ކިޔަވައިދޭން ހަމަޖެހިފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.

4- ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި، ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.

5- ދިވެހިސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

6- މި ސްކޫލުގައި ހިންގަމުންދާ ސެން ކްލާހުގެ ދަރިވަރުންނަށް ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.

7- ސެން ކްލާހުގެ ދަރިވަރުންގެ އިތުރު ހަރަކާތްތައް ރާވައި ހިންގައި ބައިވެރިވެ މަސައްކަތްކުރުން.

 

ޝަރުތު :

ޝަރުތު

މުސާރަ (މަހަކު )

ސާރވިސް އެލަވަންސް ( މަހަކު )

ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން

-/4500

-/1500

މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން

-/5500

-/1500

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

-/6090

-/250

މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  

 ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( މިފޯމު މިސްކޫލުގެ ކައުންޓަރުންނާއި، ސިވިލްސާރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ކ.ގުރައިދޫ ސްކޫލަށެވެ.

-       ތަކެތި ހުށަހެޅުމުގެ 21 މެއި 2017 ވާ އާދިއްތަ ދުވަހުގެ 12:00  ކުރިން            

އިންޓަރވިއު ކުރުން

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު ކުރުން އޮންނާނީ 21 މެއި 2017 އިން ފެށިގެން 22 މެއި 2017 މުއްދަތުގައި ގުރައިދޫ ސްކޫލުގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 ނޯޓް:  

 -    މަޤާމަށް ކުރިމަތިލާ ފަރާތް ތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ މަޤާމަށް މީހުން ހޮވުމަށް ކަންޑައަޅާފައިވާ ކްރައިޓީރިޔާތަކުން އެންމެ މަތީން ޕްއިންޓް ލިބޭފަރާތެއް ކޮންޓްރެޓް އުޞޫލުން ފަޒީފާ ހަމަޖައްސަ ދެވޭނެއެވެ.

 -    މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތްތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން [email protected]  މެއިލް ކުރައްވައިގެން ނުވަތަ ގުރައިދޫ ސްކޫލުގެ ނަންބަރު 6640574 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

މިހެންވެ މިކަން އަންގައި އިޢުލާން ކުރީމެވެ.

ސްކޫލް އޮފީސް

 

10 މޭ 2017