ދިވެހިރާއްޖެ
ނަންބަރު: IUL)120/120/2017/19)
އިޢުލާން
ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:
2017 ވަނަ އަހަރުގެ ނޮވެންބަރު 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2017 މޭ 15 އިން ފެށިގެން 2017 ޖޫން 05 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުންނާއި އިމްތިޙާނު ބާއްވާ ސެންޓަރުތަކުން ކުރިއަށް ގެންދާނެއެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ މި މުއްދަތުގައި އެސެންޓަރަކަށެވެ. 2017 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނު ބާއްވާ ކޮންމެ ރަށެއްގައި، ސިވިލް ސަރވިސް އިމްތިޙާނު ވެސް ބާއްވާނެއެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
14ޝަޢުބާން 1438
10 މޭ 2017