ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/120/2017/20
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2017
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 05 ޖޫން 2017 13:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:

ނަންބަރު:  IUL)120/120/2017/20)

އިޢުލާން

2017 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން: 

2017 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2017 މޭ 15 އިން ފެށިގެން 2017 ޖޫން 5 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ މި މުއްދަތުގައި އެސެންޓަރަކަށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

 

14 ޝަޢުބާން 1438

10 މޭ   2017

09 މޭ 2017