ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2017/99
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2017
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 18 މޭ 2017 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
600 ޓީޝާޓް ގަތުމާއި ބެހޭ

މި މިނިސްޓްރީގެ ޢާއްމު ޚިދުމަތްތަކާއިބެހޭ ބައިގެ މުވައްޒަފުން ބޭނުންކުރުމަށް މި މިނިސްޓްރީއިން ދޭ ނަމޫނާއާއި އެއްގޮތަށް 600 ޓީޝާޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

   ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 މެއި 11 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މެއި 18 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 މެއި 11 ވާ ބުރާސްފަތި ދުވަހުގެ 13:00 އިން ފެށިގެން 2017 މެއި 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 4353-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

10 މޭ 2017