މަސައްކަތް
ނަންބަރު: (IUL)22-G/22/2017/26
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2017
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 17 މޭ 2017 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހދ. ފިނޭ ސްކޫލްގައި ސްޓާފްރޫމް އަދި ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ:  26/IUL)22-G/22/2017) 

                 އިޢުލާން

 

ހދ. ފިނޭ ސްކޫލްގައި ސްޓާފްރޫމް އަދި ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

 

މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ހދ. ފިނޭ ސްކޫލްގައި ސްޓާފްރޫމް އަދި ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 9 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

17 މޭ 2017 ވާ ބުދަ ދުވަހުގެ 11:00 އަށް

24 މޭ 2017 ވާ ބުދަ ދުވަހުގެ 11:00 އަށް

 

މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރ (2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ (2014/19) (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

       މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 3341127 ނުވަތަ 3341126 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 14  ޝަޢުބާން 1438

10  މޭ  2017

10 މޭ 2017