ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2017/32
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2017
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 15 މޭ 2017 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުން ނަންނޯޓް ކުރުން

1437 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ފިޔަވައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ. 1437 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓުގައިވާ ފަރާތްތައް އަލުން ރަޖިސްޓްރީ ވާން ނުޖެހޭނެ ކަމުގައި ދަންނަވަމަވެ. ފަޤީރެއްގެ ގޮތުގައި ނަންނޯޓް ކުރެވޭނީ ދަޢުލަތުން އެއްވެސް ފައިސާއެއް ލިބި ނުލައްވާ ފަރާތަކުންނާއި އާމްދަނީގެ ގޮތުގައި ދުވާލަކަށް -/44ރ (ސާޅިސް ހަތަރު ރުފިޔާ) ނުލިބޭ ފަރާތްތަކުންނެވެ.

ފިޠުރު ޒަކާތާއި މުދަލު ޒަކާތް ލިބިގަތުމަށްޓަކައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވާ ގޮތް މިދަންނަވަނީއެވެ.

  • ރަސްމީ ދުވަސްތަކުގައި ހެނދުނު 08:30 ން 12:00 އަށް އަދި 13:00 ން 14:00 އަށް
  • ހުކުރު ދުވަހު 14:30 ން 17:00 އަށް
  • ހޮނިހިރު ދުވަހު 10:30 ން 14:30 އަށް

ވީމާ، 15 މެއި 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދިލައްވާ ފަރާތްތަކުން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

10 މޭ 2017