ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/420/2017/12
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2017
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 14 މޭ 2017 13:30
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ކައުންސިލް އިދާރާގެ ސެކިޔުރިޓީ ބަލަހައޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރަތަފަންދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

ބޭނުންވާ ޢަދަދު:              02

މަސައްކަތްކުރަންޖެހޭ ތަން:        ގދ. ރަތަފަންދޫ ކައުންސިލް އިދާރާ

މަސައްކަތުގެ މަސްއޫލިއްޔަތު:      01- ކައުންސިލް އިދާރާގެ  ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން ޑިއުޓީކުރުން

02- ޑިއުޓީކުރަންފެށުމުގެ  ކުރިން ކައުންސިލް އިދާރާގެ ސަލާމަތާގުޅޭ ކަންކަން ހުރިނެތްގޮތް ބަލައި   ފާސްކުރުން

03- ކައުންސިލްއިދާރާ ހިމެނޭ ޢިމާރާތާއި ގޯތި ތެރެއާއި ވަށައިގެންވާ މަގުތައް ބެލެހެއްޓުން

04- ސެކިއުރިޓީ ބަލަހައްޓާ ގަޑިތަކުގައި ވަކިކަމަކަށް އިދާރާއަށް ވަނުމަށް ހުއްދަ ދީފައިވާ އިދާރާގެ މުވައްޒަފުން ނުވަތަ މީހުން ފިޔަވައި އިތުރު މީހުން ނުވަތަ ބަޔަކު އިދާރާގެ ގޯތިތެރެއަށާއި އިދާރާއަށް ވަނުން މަނާކުރުން

05- ހަމަޖެހިފައިވާ އުޞޫލާ ޚިލާފަށް ކައުންސިލް އިދާރާގެ ގޯތިތެރެއަށް ތަކެތި ވައްދައި ނެރުނަ ނުދިނުން

06- އިދާރާގެ ޑިއުޓީ ކުރަމުންދާއިރު ހިނގާ އާދަޔާ ޚިލާފު ކަންތައްތައް ލިޔެ ނޯޓް ކުރުމަށްފަހު ދުވަހުން ދުވަހަށް ކައުންސިލް އިދާރާއަށް ހުށަހެޅުން ބަންދު ދުވަސްތަކުގެ ރިޕޯޓް ހުށަހަޅާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

07- އިދާރާގެ ރަސްމީ ދިދަ ހެނދުނު 06.00 ގައި ނަގައި ހަވީރު 6.00 ގައި ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ތިރިކުރަންވާނެއެވެ.

08- ޑިއުޓީ ބަދަލުކުރުމުގައި ޑިއުޓީގައި ހުންނަމީހާ ދާންވާނީ ޑިއުޓީއަށް އަންނަ މީހަކަށް އެޑިއުޓީއެއްގައި މެދުވެރިވި އެންމެހައި ކަންކަން އޮޅުންފިލުވައިދީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް އޮތްނަމަ އެކަމެއް އޮޅުން ފިލުވައިދީފައެވެ.

09- ރަށުގެ ތަރައްޤީއަށް ކައުންސިލުން ރާވާ ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

މުސާރަ:                   -/4000 ރުފިޔާ

ޝަރުޠު:                  1- ސާނަވީތަޢުލީމް ގްރޭޑް 07 ނިންމާފައިވުން

ނުވަތަ:

                       2- ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތެއްގައި ހުރި މީހަކަށްވުން

ހުށަހަޅަންޖެހޭ ތަކެތި:

  • މަސައްކަތަށް އެދި ފޮނުވާ ސިޓީ
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް
  • ކުރިމަތިލާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ( އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު )
  • ކުރިމަތިލާ ފަރާތުގެ  ވަނަވަރު ފޯމް ( ސީވީ )
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް  މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒިފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުމާއި، އަދި އުޅޭ ވަޒީފާއިން  ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދީފައިވާ ލިޔުން

އިންޓަވިއުކުރުން

  • މިމަސައްކަތަށް މީހުން ހޮވުމަށް އިންޓަވިއުކުރުން  އޮންނާނީ 2017 މެއި 15 ވާ ހޯމަ ދުވަހުއެވެ.

ޕޮއިންޓް ދިނުމުގައި ބެލޭނެ ކަންތައްތައް

-          ޙާޞިލް ކޮށްފައިވާ ތަޢުލީމާއި ތަމްރީން

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

-          ޤާބިލްކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަވިއު

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާއަށެވެ. ސިޓީއާއި އެހެނިހެން ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 14 މެއި 2017 އާދީއްތަ ދުވަހުގެ މެންދުރުފަހު 13.30 ގެ ކުރިންނެވެ.

ނޯޓް:

މިއިޢުލާނާ ގުޅިގެން މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކާއި މިމަސައްކަތް ޙަވާލުކުރެވޭނެއެވެ. މިއިޢުލާނާ ގުޅިގެން އިތު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6840016 ފޯނާ ގުޅުއްވުން އެދެމެވެ. 

08 މޭ 2017