މަސައްކަތް
ނަންބަރު: (IUL)MMPRC-HR/1/2017/31
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2017
ޕަބްލިޝްކުރި ގަޑި: 16:13
ސުންގަޑި: 25 މޭ 2017 10:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

 

 

                                                                                                   ނަންބަރު: IUL)MMPRC-HR/1/2017/31) 

އިޢުލާން

 މި ކޯޕަރޭޝަނުގެ އިރުޝާދާ އެއްގޮތަށް 1 އަހަރުގެ މުއްދަތަށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތައް ބޭނުންވާ ފޮޓޯ ނަގައިދޭނެ 5 ފަރާތެއް ހޯދަން ބޭނުންވެގެން 2017 ފެބުރުވަރީ 16ވަނަ ދުވަހު ކުރެވުނު ނަންބަރު IUL)MMPRC-HR/1/2017/19) އިޢުލާނަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން "ތްރިލިންގް ސައިޑް އޮފް ލައިފް" އަށް އެކަށީގެންވާ ފަރާތެއް ނެތުމުން އެ ސެގްމަންޓަށް ފޮޓޯ ނަގައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކޮށް އެވާހަކަ ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 މޭ 25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ވެލާނާގެ 04 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.އިތުރު މަޢުލޫމާތު މި ކޯޕަރޭޝަނުގެ ވެބްސައިޓް އިން (http://visitmaldives.com/mmprc-photography-ambassador-application-submissionselection/)  އާއި އަދި މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވައިގެން ލިބިލައްވާނެވެ.

13 ޝަޢުބާން 1438

             9  މެއި 2017                

09 މޭ 2017