މަސައްކަތް
ނަންބަރު: (IUL)306/306/2017/26
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2017
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 22 މޭ 2017 11:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމާދޫގެ އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުމާއިބެހޭ

ރަސްމާދޫގެ އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުމާއިބެހޭ

 

      މިރަށުގެ އިޖުތިމާއީ ސަރަހައްދުތަކާއި، މަގުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޤާނޫނު ނަމްބަރު 2014/18، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު 2014/19، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިމަސައްކަތަށް ބީލަންހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލްގައި ހިމެނޭގޮތަށް މައުލޫމާތު ސާފުކުރައްވާ، ބީލަން ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

ބީލަން ހުށަހެޅުން

18 މޭ 2017 (ބުރާސްފަތި)

(ހެނދުނު) 11:00

22 މޭ 2017(ހޯމަ)

(ހެނދުނު) 11:00

މަޢުލޫމާތުދިނުމުގެ ސެޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏެއްގެ ފަރާތުން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ބޭފުޅުން ކުންފުނީގެ ލިޔުމެއް ގެންނަވަންޖެހޭނެއެވެ. އަދި އަމިއްލަފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން އެހެންފަރާތެއް މައުލޫމާތު ސާފުކުރުން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމެއްގެންނަވަން ޖެހޭނެއެވެ.

މިކަމާއި ގުޅޭ ގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ރަސްމީ ގަޑީގައި މިކައުންސިލްގެ ނަމްބަރ: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

1-   މަސައްކަތުގެ އަގު (75 އިންސައްތަ)

2-   މި ފަދަ މަސައްކަތުގެ ތަޖުރިބާ (25 އިންސައްތަ)

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 މޭ 2017

09 މޭ 2017