ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS-72/PTA/2017/06
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2017
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 17 މޭ 2017 13:00
ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
12 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

GS-72/PTA/2017/06: rwbcmwn

ބީލަން ހުށަހެޅުމުގެ ދަޢުވަތު

12 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މި ސްކޫލަށް 12 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 2017 މެއި 08 ވީ ހޯމަ ދުވަހު ކުރެވުނު ނަންބަރު GS-72/PTA/2017/05 އިޢުލާނުގައި އިސްލާހުކުރަންޖެހޭ ކަމެއް ފާހަގަކުރެވުމާއި ގުޅިގެން އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.  އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީހިސާބު ހުށައެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށައެޅުމާއި ބަލައިގަތުން

2017 މެއި 14 ވާ އާދިއްތަ ދުވަހުގެ 13:00 އަށް  

(މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ނިންމަވައިފި ނަމަ، ދެން އެންމެ ފުރަތަމަ އަންނަ ރަސްމީ ދުވަހެއްގައި މަޢުލޫމާތު ސާފުކުރުން އޮންނާނެއެވެ)

2017 މެއި 17 ވާ ބުދަ ދުވަހުގެ 13:00 އަށް

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ 6528041 ނަންބަރު ފޯނަށެވެ.

13 ޝަޢުބާްން 1438

09 މެއި 2017

 

09 މޭ 2017